ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި މެޗުތަކުގެ ނަތީޖާ ދިމާކުރަން ތަފާތު އެކި އުކުޅުތަކެއް ބޭނުންކުރެއެވެ. އެއްފަހަރު ކާން ނުދީ ބާއްވާފައި އޮތް ބޯވައެއް ލައްވާ ނަތީޖާ ދިމާކުރުވި އިރު ގިނަ ޖަނަވާރުންތަކެއް ބޭނުންކޮށްގެން ވެސް މީގެކުރިން ނަތީޖާ ދިމާކޮށްފައި އެބަހުއްޓެވެ.

މިފަަހަރުގެ ޔޫރޯ 2020 ގައި ނަތީޖާ ދިމާކުރަން އާ އުކުޅެއް ވަނީ ފަށާފައެވެ. އެއީ ބައްދަލުކުރާ ދެ ޓީމުގެ ނަން ލިޔުމަށްފަހު ދެ ބިސް އެއްފަހަރާ އެއްވަރަކަށް ދެ އަތަށް ވަރުލައިގެން ދެ ބިސް ފައްތަރުކޮށްލުމެވެ. މިގޮތަށް މިކަން ކޮށްގެން ބައެއް ނަތީޖާތަކެއް ދިމާކޮށްފައިވެސް އެބަހުއްޓެވެ. އެހެންކަމުން މިއީ މިފަހަރު ވަރަށް މަޝްހޫރުވާނެ އުކުޅެއް ކަމަށް ބެލެވެއެވެ.

މި ބިހުގެ ހިސާބުތައް ދައްކާގޮތުން މިރޭ ދެވަނަ ބުރުގައި ޕޯޗުގަލް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ކާމިޔާބުކުރާނީ ބެލްޖިއަމް އެވެ. އޭގެކުރިން ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކް މެޗުގެ ނަތީޖާ ދިމާނުކުރެވުނެވެ. ނަމަވެސް ވޭލްސް އާއި ޑެންމާކް ބައްދަލުކުރި މެޗު ދިމާވެފައިވެއެވެ. އަދި އިޓަލީ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުވެސް ދިމާވެފައިވެއެވެ.

ބިހުގެ ހިސާބުތަކުން ދައްކާގޮތުން ޗެމްޕިއަންކަން ހޯދާނީ ޖަރުމަނުވިލާތެވެ. އެއީ ފައިނަލުގައި ކްރޮއޭޝިއާ ބަލިކުރުމަށްފަހު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހު

    މީހަކު ބަލިވެ އިނީމަ ބުނެބަލަ ލިބޭނީ ފިރިހެނ ކުއްޖެކޭ... މިހެން ހެދީމަ ވެސް ބައެއް ފަހަރު ދިމަވާނެ.. މޮޔަވެބަލަ

    16
    1
  2. ދެއސަް

    މިކަހަލަ ހަބަރުދޯ