އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންއާއި ދެކުނު ކޮރެޔާގެ ލަވަކިޔާ ބޭންޑެއް ކަމުގައިވާ ބީޓީއެސް އެކުގައި ދެވަނަ ލަވައަކަށް ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ ރޭޑިޔޯ ޝޯއެއް ކަމުގައިވާ ''މޯސްޓް ރިކުއެއްޓެޑް ލައިވް'' ޝޯގައި މިދިޔަ ހޮނިހިރު ދުވަހު ބައިވެރިވި ޝީރަން ވަނީ އޭނާގެ ސަޕޯޓަރުންނާއި މި އުފާވެރި ޚަބަރު ހިއްސާ ކޮށްފައެވެ. މި ޝޯގައި ޝީރަން ބައިވެރިވެފައިވަނީ އޭނާގެ ލަވަ ''ބޭޑް ހެބިޓްސް'' ޕްރޮމޯޓް ކުރުމަށެވެ.

މި ޝޯގައި ވާހަކަދައްކަމުން ޝީރަން ބުނެފައިވަނީ އަނެއްކާ ވެސް ބީޓީއެސްއާއި އެކު މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ ކުރިން ވެސް ބީޓީއެސްއާއި އެކު ކޮށްފައިވާ މަސައްކަތަށް އެތައް ރެކޯޑެއް ލިބިފައިވާ އިރު ބީޓީއެސްއާއި އެކު އައު ރެކޯޑުތަކެއް ގާއިމު ކުރުމަށް އިތުރު ލަވައެއް ލިޔެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޝީރަން ދެކޭ ގޮތުގައި ބީޓީއެސް މެމްބަރުންނަކީ ވަރަށް ''ކޫލް'' ބައެކެވެ. އެކުގައި މަސައްކަތް ކޮށްލަން އެންމެ ރަނގަޅު އެކަށޭނެ ބައެއް ކަމަށެވެ.

އެޑް ޝީރަންއާއި ބީޓީއެސްގެ ސަޕޯޓަރުން ކަމުގައިވާ އާރމީއަށް މިއީ އުފާވެރި ޚަބަރެކެވެ. މި ލަވައަށް އިންތިޒާރު ކުރަމުންދާ މިންވަރު ދައްކައިދެނީ މީސް މީޑިޔާތަކުގައި ސަޕޯޓަރުން ކުރަމުންދާ ޕޯސްޓްތަކުންނެވެ.

މީގެ ކުރިން ވެސް އެޑް ޝީރަން ވަނީ ބީޓީއެސްގެ އަލްބަމެއް ކަމުގައިވާ ''މެޕް އޮފް ދަ ސޯލް'' އަށް ''މޭކް އިޓް ރައިޓް'' ލަވަ ލިޔެދީފައެވެ. މިއީ އެތައް ބަޔަކަށް ކަމުގޮސްފައިވާ ގިނަ ރެކޯޑްތަކެއް ހޯދާފައިވާ ލަވައެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޓއސގނޑ

    އެއްކަލަ ފޫހި މީހުންތށް.. ތިޔަ ބުނާ ސޯ ކޯލްޑް އާ މީސް އަށް އެގޭނީ ހަ މަ އެކަނި ފޮނިކަޑަން😆😆😆😆 އޯވާ ވެފަ ތިބޭ ބައެއް

    5
    15
    • އާރމީ

      ފޫހިވަންޏާ ކީއްކުރަންތަ ކޮންމެހެން މި ހަބަރުތަށް ތިކިޔަނީ

      11
      5
      • ަޖިމިނު

        ކ ކައެމެން އަނގަ ގޮއްވާ ހިތުން😆
        ވަރަށް ވަރު އަރައެއްނު ދޯ😝😝😝

        4
        11
        • Anonymous

          ނުވޭ އެއްވެސް ގޮތެއް.. ގޮތެއް ވާން ޖެހޭތަ ހަމަ.. ކަލޭމެނ ކިޔާ އެއްޗެއް ކިޔާ ބަލަ ދެން.. އެހެން ނޫނަސް ކިތަންމެ އެއް ޗެއް ކިޔަސް ތެދު ވާނީ ތެދައް.. މީ ދޮގެކޭ އަޅެ ކެރެންޏާ ބުނެބަލަ.. އަދި މާ ފޮނިވާން އެބަ އުޅެ އެއްނު.....

  2. ބްލިންކް

    ވައި ޔޫ އާ މީސް އާ ސޯ އޮބްސެސްޑް؟؟😒😅😆 .. ވަޓް ޔޫ ސީ ފްރޮމ މް ދެ މް. ބައިދަވޭ، 3 އޮފް ދެ މް އޮން ރައިޓް ސައިޑް ޑޫ ގިވް ގާލީ ވައިބްސް🙊😂😂😂

    5
    18
    • ✌︎

      ވައި ޔޫ ސޯ ޖެލަސް؟

      13
      4
      • ރެޕ👻

        ހާދަ އެއްޗެ ކޭ ބުނަން ނު ކެރެޔޭ ދޯ އަންހެން ވައްތަރޭ ބުނީމަ🙊

        3
        14
        • މަ

          ކެރޭ ބުނަން.. ކީއްވެ ނުކެރެންވީ. އެއީ ވެސް ފިރިހެނުން.. ދެލޯ ކާއްޓައް ދީގެން ބަލާ ބަލަ.. އެދޮގު.. ނުވާނެ ބަލައިގެން.. ޖޭވެދާނެ.. އޭރުން އިތުރަށް އެމީހުން ދެކެ ރުޅި އަތުވެދާނެ.. އޯހް ނޯ.. ނުބަލައްޗޭ އިނގޭ ކައިރިން.. މޭކަޕޭ އަންހެނޭ އޭޗެކޭ މީޗެކޭ ކިޔަސް ހެޔޮ.. އިނގޭ ދޫންޏާ.. ނަަހަދައްޗޭ އެހެން..

  3. ބީޓީއެސް ފޭންއެއް

    އަންހެނޭ ތިކިޔާ ބީޓީއެސް އާއި ދިމާލަށް އެަތއް ބަޔަކު އެމޙުންގެ ކޮންސާރޓް ތަކުގައި ރޮއެ އެމީހުންގެ ނަން ގޮވާހެން ކައެމެންގެ ނަން ނުގޮވަނީ ކީއްވެ ބާއޭ މަ ހިތަށް އަރާ. އަހަރުންނަށް ހަޖަމު ނުވަނީ އޭ ކިޔައިން އެޓެންޝަން ހޯދަން ނޫޅެބަލަ. ކައެމެން އޮބްސެސް ވެފަ ތިބޭ ގިނަ އާޓިސްޓުންނަކީ ބީޓީއެސް ގެ އާމީސް އޭ.. ދެން ލަލަލާ

    7
    1