ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ލޯބީގެ ގުޅުން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް އެދެމީހުންނަކީ ދެލޯބިވެރިން ކަމަށް މީޑިއާ އިން މިހާރު އޮތީ "ޙުކުމް ކޮށްފައެވެ." އެއީ ނިކް އާއި ޕްރިޔަންކާ އެއްކޮށް ފެނުން ގިނަވެ، މީސް މީޑިއާގައި ވެސް ދެމީހުން ބަދަލުކުރާ މެސެޖްތަކުގެ ސަބަބުންނެވެ.

ޕްރިޔަންކާ އާއި ނިކްގެ ގުޅުމަށް އަނެއްކާވެސް މިވަނީ އިތުރު ބޮޅެއް އިތުރު ވެފައެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ ނިކް އާއި އެކު އިއްޔެ ވަނީ އިންޑިއާ އަށް ގޮސްފައެވެ. ޕްރިޔަންކާގެ އުފަން ގައުމު ކަމަށްވާ އިންޑިއާ އަށް ނިކް ގޮވައިގެން ޕްރިޔަންކާ ދިއުމުގެ މާނަ އަކީ ދެމީހުންގެ ގުޅުން "ވަރަށް ސީރިއަސްވުން" ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ޕްރިޔަންކާ އާއި ނިކް އިންޑިއާގެ މުމްބައީގައި ޕްރިޔަންކާގެ މަންމަ އާއި ބައްދަލު ކުރާނެއެވެ.

އަދި ޕްރިޔަންކާގެ ގާތް ރަހުމަތްތެރިންނަށް ނިކް ތަޢާރަފް ކޮށްދިނުމަށް ޕްރިޔަންކާ ދަނީ ޕާޓީއެއް ރާވަމުން ކަމަށް ވެސް ވެއެވެ.

ޕްރިޔަންކާ އާއި ނިކް މުމްބާއީ އެއާޕޯޓުން ނިކުތް މަންޒަރު ފެނިފައި ވީނަމަވެސް ދެމީހުންކުރެ އެކަކު ވެސް އެމީހުން އިންޑިއާގައި ތިބިކަން ކަށަވަރުކޮށެއް ނުދެއެވެ.

ނިކް މިދަތުރުގައި ޕްރިޔަންކާގެ މަންމަ އާއި ބައްދަލު ކުރާއިރު ދާދިފަހުން ޕްރިޔަންކާ ވެސް ވަނީ ނިކްގެ އާއިލާ މެންބަރުންނާއި ބައްދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜުޅި

    ސުނިޔަންކާ ހިތް ކުދި ކުދި!

  2. ހުސޭނުބޭ

    އިންޑިޔާ ފިރިހެނުން ރޭޕްކުރާވަރުން އެހެން ޤައުމެއްގެ ފިރިހެނެއް އެ ގެނައީ!