މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ މޫސާ ވަސީމަކީ ކޮންމެ ދިމާލަކަށް ވެސް ހެޔޮވަރު އޮޑިއެކެވެ. އެއީ ސިރިއަސް ޚަބަރުތައް ގެނެސްދިނުމަށް ބެލިއަސް، ސަމާސާ ވާހަކަތައް ގެނެސްދިނުމަށް ބެލިއަސް އަދި ނުވިތާކަށް ލައިވް ޝޯވއަކަށް އެއީ ދެވަނަ އެއް ނެތް ނަމެކެވެ. މޫސަގެ ހުށަހެޅުމަކީ އާއްމުންނާއި ދޯޅު، އާއްމުންނަށް ބަލައިގަންނަން ފަސޭހަ ހުށަހެޅުންތަކެކެވެ. އަދި އޭނާގެ އަޑަކީ ދިވެހިންނަށް ވަރަށް ގަޔާވާ މަޝްހޫރު އަޑެކެވެ.

މޫސަ މިފަހަރު ބެލުންތެރިންނަށް ފެނުނީ ހުށަހަޅާ ދިނުމުގެ ތެރެއިންނެއް ނޫނެވެ. ސްކްރީނާއި ދުރުން ބައިސްކޯފުގެ ޝޯވ "ޑްރާފްޓްސް ޖޭއާރް"ގައި މޫސަ ފެނިގެން ދިޔައީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ބައިސްކޯފުގެ އެ ޝޯވއިން މޫސަ ފެނުނީ އޭނާގެ އަންހެން ދަރިފުޅު ޔަލާ އާއި އެކުގައެވެ.

އެ ޝޯގެ ޓްރެއިލަރ އިން ފެންނަނީ ދެ މީހުންގެ ދެމެދުގައި ދައްކާ ލޯބި ވާހަކަތަވެ. އެގޮތުން ޓްރެއިލާ ފެށޭ ހިސާބުގައި ފެންނަނީ ޔާލާ އަކީ މޫސަގެ ފުރަތަމަ ދަރިފުޅަށް ވުމުން މޫސަގެ ހުރިހާވެސް މީހަކީ އެއީ ކަމަށް ބުނެއެވެ. ޖަވާބުގައި ޔަލާ ބުނީ އޭނާ އަށް އެކަން އެނގޭ ކަމަށެވެ.

އަދި މޫސަ އޭނާގެ ދަރިފުޅު ކައިރިން މޫސަ އަށް އޭނާގެ އަނބިމީހާ ދޫނި ކިޔަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެއީ ލޯބިވާތީ ކަމަށް ބުނެއެވެ

" ޔަލާ : "ދޫނި އެއީ އުދުހޭ އެއްޗެއް"
މޫސަ: " އެކަމަކު ބައްޕިއެއް ނުއެއް އުދުހެމެއް ނު. ދެންކީއްވެ މަންމަ ކިޔަނީ ދޫނި؟"
ޔަލާ: "އެއީ ލޯބިވާތީ."" ޓްރެއިލާ އިން ފެނެއެވެ.

މޫސަ ވަނީ އޭނާ އަށް ދަރިފުޅުގެ ކިބައިން ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށް ވެސް ބުނެފައެވެ. އެހެން ބުނުމުން ޔަލާ ވަނީ "ޔުނިކޯން" ފަދަ އެއްޗެހިތޯ ސުވާލުކޮށްފައެވެ. ޔުނިކޯނަކީ އަހާއި އެއްގޮތަށް ހުންނަ އެއްޗެކެވެ. ޖަވާބުގައި މޫސަ ވަނީ ހަމައެކަނި ޔުނިކޯން ނޫން ކަމަށާއި، އެ ނޫނަސް ވަރަށް ގިނަ ކަންކަން ޔަލާގެ ފަރާތުން ދަސްވި ކަމަށް ބުނެފައެވެ.

އަދި ޔަލާދެކެ ލޯބި ވާ މިންވަރު ހާމަކޮށްދިނުމަށް ދެއަތް ފުޅާކޮށްލުމަށް ފަހު އިޝާރާތުން ލޯބިވާ މިންވަރު ދައްކާ މަންޒަރު ޓްރެއިލާ އިން ފެނެއެވެ.

މޫސަ: "ޔަލާ ދެކެ މިހެން މިހެން ގޮސް ވަރަށް ބޮޑަށް ލޯބިވޭ."
ޔަލާ: "ޖަސްޓް ލައިކް ދަ މިލްކީވޭ؟"
މޫސަ: "ޔޭސް ޖަސްޓް ލައިކް ދަ މިލްކީ ވޭ، އެގްޒެކްޓްލީ."

އެ ޓްރެއިލާ އިން އިތުރަށް ފެންނަ ގޮތުން ޔަލާ ބޭނުން ވަނީ ބޮޑުވުމުން އޭނާގެ މަންމަ ފަދައިން ނަރުހަކަށް ވާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނާލި

  ސޯކިޔުޓް 🙂

  27
  5
 2. 👌

  ވވ. ސަޅި

  22
  5
 3. ސަނައްޓޭ

  އޯ ޕްލީޒް. ކޮން ކަމެއްތަ ދެން

  9
  9
  • Anonymous

   ގެލެސް މަޗް...ލޮލް

   6
   6
 4. ޏނ

  މާޝާﷲ