އޮސްޓްރޭލިއާގެ ގޮނޑުދޮށެއްގައި ބަރަހަނާކޮށް، ސަންބާތް ކުރަންތިބި ދެ މީހަކަށް މި ވަނީ ހިތްދަތި ހިތި ތަޖުރިބާއަކާއި ކުރިމަތިލާން ޖެހިފައެވެ. އެންމެ ފުރަތަމަ ކަމަކަށް ކޮވިޑް-19 ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެ މީހުން ހިލާފުވީއެވެ. އެ މައްސަލާގައި އެ މީހުން މި ވަނީ ޖޫރިމަނާ ކޮށްފައެެވެ. ދެވަނަ ކަމަކަށް މި ދެ މީހުންނަށް ދިމާވެފައި ވަނީ ފުއްލާއެއް ފަހަތުގައި އަޅުވާލުމެވެ. މިއާއެކު ތިބި ހާލުގައި ތިބެ ދެ މީހުންވެސް ދުއްވައިގަތީމެވެ.

މި ދެމީހުން ޖޫރިމަނާ ކޮށްފައިވަނީ ފުއްލާއެއް އެމީހުންގެ ފަހަތުން އުޅޭތީ ބިރުން އުޅެނިކޮށް ސަލާމަތް ކޮށްދިނުމަށް ފަހުއެވެ. އޮސްޓްރޭލިއާގެ ސިޑްނީގެެ ދެކުނުގައި އޮންނަ ގޮނޑުދޮށުން މި ދެމީހުން ސަލާމަތް ކޮށްފައިވަނީ އެހީތެރިކަމަށް އެދުމުންނެވެ.

ދެމީހުން ޖޫރިމަނާ ކޮށްފައިވަނީ 1،000 ޑޮލަރުންނެވެ. އެއީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުނުކުރި ކަމަށް ބުނެއެވެ. ސިޑްނީގައި ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ. އިންޑިއާއިން ދެނެގަނެވުނު ނުރައްކާތެރި ޑެލްޓާ ވޭރިއެންްޓް ފެތުރެމުންދާތީ އޮސްޓްރޭލިއާ ވަނީ ފުރަބަންދު ކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރެއިން ދަބަހެއް އަޅުވައިގެން ހިނގާފައިދިޔަ ބަރަހަނާ ހާލުގައި ހުރި އުމުރުން 30 އަހަރުގެ ފިރިހެނެއް ފެނިފައިވާ ކަމަށެވެ. އަދި އިތުރަށް ވައިގެ މަގުންނާއި ހޯދި ހޯދުމުން ފެނުނު ފިރިހެން މީހާ އާއި މާ ދުރުނޫން ސަރަހައްދަކުން ނިވައި ކޮށްގެން ހުރި އުމުރުން 49 އަހަރުގެ ފިރިހެނެއް ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އޮފިޝަލުން މައުލޫމާތުދޭ ގޮތުން ފުއްލާ ފަހައި ދުވަމުން ދިޔުމުގެ ކުރިން ދެމީހުން ވެސް ތިބީ ގޮނޑުދޮށުގައެވެ. އެ މީހުން ބުޝްލޭންޑަށް ދުވެފައި ދިޔައީ ފުއްލާ ފަހައި ދުވުމުން ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

ޒަރޫރީ އެއްވެސް ބޭނުމެއް ނެތި ގެއިން ބޭރަށް ނުކުތުމާއި، ކޮވިޑުން ދިފާއުވުމަށް އަޅާފައިވާ ފިޔަަވަޅުތަކަށް އަމަލުކުރަމުން ނުދާކަށް ފާހަގަކޮށް ކޮމިޝަނާ އޮފް ޕޮލިސް މައިކް ފަލާ ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ފުއްލާ އެ ދެމީހުންނާ ޖިންސީ ގޯނާކުރީތަ؟

    21
  2. ރަންނަ

    ހެޑިން ނުބައި. ރަނގަޅުގޮތަކީ، ' ފުއްލާއެއްގެ އެހީތެރިކަމާއެކު ދެމީހަކު ޖޫރިމަނާކޮށް ސަރުކާރަށް 1000 ޑޮލަރު ހޯދައިފި'

    28
    1
  3. ޖުއްލާ

    މިފަހަރު ފުއްލާއެއް ނިކުތީ ކޮވިޑްގެ ފިޔަވަޅުތައް އަޅަން އެހީވާން.

    11