މީސްމީޑިއާގައި ބައެއް މީހުން ހިއްސާ ކުރާ ވީޑިއޯތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބޭނެ ކަހަލަ ވީޑިއޯތަކެވެ. އެފަދަ ފަރާތްތަކުން އެ ވީޑިއޯތައް ހިއްސާ ކުރަނީ ވެސް އެފަދަ މަގުސަދެއްގައި ކަން އެނގެއެވެ.

މިހާރު މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ވެރި މީހާ އާ އެކީ އޭނާ ގެންގުޅެމުން އަންނަ ކުއްތާ ނަށާ މަންޒަރެވެ. އިންޑިއާގެ އަވަށަކަށް ނިސްބަތްވާ އެ އަންހެން މީހާ ނަށާ އިރު، ކުއްތާ ފެންނަނީ ދެ ފައި މައްޗަށް ކޮޅަށް ތެދުވެ ނަށާ މަންޒަރެވެ.

އެ ވީޑިއޯ ފޭސްބުކުގައި ހިއްސާ ކުރުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. އެގޮތުން 5000 އަށްވުރެ ގިނަ މީހުން މި ވީޑިއޯއަށް ލައިކް ދީފައިވާއިރު، 380،000 އަށްވުރެ ގިނަ ބަޔަކު ވަނީ މި ވީޑިއޯ ބަލާފައެވެ. މި ވީޑިއޯ ބެލި ގިނަ ބަޔަކު ބުނެފައިވަނީ އެ އަންހެން މީހާއަށްވުރެ ރީއްޗަށް އޭނަ ގެންގުޅޭ ކުއްތާ ނަށާ ކަމަށެވެ.

މިފަދަ މަންޒަރެއް ފެންނަ ވީޑިއޯއެއް މީސްމީޑީއާގައި ދައުރުވަމުން އަންނައިރު، މީގެ ކުރިން 2019 ވަނަ އަހަރުގައި ވެސް ކުއްތާއެއް އުމުރުން ދުވަސްވީ މީހާކާއި އެކީ ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާއްމުވެ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ

    ކޮބާ ލިންކު.. ހަމަ ހަބަރެކޭ ކިޔާފަ އެއްޗެއް ލިޔެލީމަ ނިމުނީދޯ. ކޮބާހޭ ތި ނަށާ ވީޑިއޯ