ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުޅާ ދާއިރާ އެއްގައި މީހުން އެއްތަނުން އަނެއްތަނަށް ގެންގޮސްދީ، ނުވަތަ ޓެކްސީ ކުރުމުގެ ޙިދުމަތް ދެމުން އަންނަ އެއްފަރާތަކީ ހަމަ ގައިމުވެސް އުބާ ކަމާއި މެދު އެއްވެސް ފަރާތަކުން ދެބަހެއް ނުވާނެއެވެ.
ކޮންމެއަކަސް، އުބާ އިން މިވަނީ ވަރަށް އުފާވެރި ޚަބަރެއް ދީފައެވެ. އެ ކުންފުނީގެ ސީއީއޯ، ޑަރާ ކޮސްރޮއުސަހީ ދާދި ފަހުން ހާމަ ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެއްގަމު މަގުން ޓެކްސީގެ ޙިދުމަތް ދެމުން އަންނަ ފަދައިން، ވައިގެ މަގުންވެސް މި ޙިދުމަތް ދޭން ފަށާނެއެވެ.
"އުބާ އެއާ" ގެ ނަމުގައި އެ ކުންފުނިން މި ޙިދުމަތް ދޭން ނިންމާފައި ވަނީ އުދުހޭ ޓެކްސީ ތަކެއް އުފައްދައިގެނެއް ނޫނެވެ. ނަމަވެސް، ހެލިކޮޕްޓަރުތަކުގެ ޒަރިއްޔާ އިންނެވެ.
ޖަޕާންގެ ވެރި ރަށް ޓޯކްޔޯގައި އޮތް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަމުން ޑަރާ މިހެން ބުނެފައި ވާއިރު، އޭނާ އިތުރަށް ބުނެފައި ވަނީ މިކަމަށް ބޮޑު ތަރުޙީބެއް ލިބޭނޭ ކަމަށް ބެލެވޭ އުއްމީދު ކުރާ ކަމަށާއި، މި ޙިދުމަތުގެ އަގު ބޮޑު ނުވާނޭ ކަމަށެވެ.
އުބާ އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޙަރަކާތްތެރިވަމުން އަންނަ ބޮޑު ކުންފުންޏެކެވެ.
ރާއްޖޭގަ މީހާރުވެސް އުދުހޭ ޓެކުސީ ތީބޭ.. އެއޮތީނުން މޮލްޑީވީއަން އެއާ ޓެކުސީވެސް..
?????