ކުރީގެ ފިރިމީހާއަށް އެތައް ހާސް މެސެޖެއް ކުރި އަންހެނަކު ތިން ދުވަހަށް ޖަލަށް

އިހްތިރާމް ކުޑަކޮށް ކުރީގެ ފިރިމީހާއަށް މެސެޖް ކުރަމުންދިޔަ ސައުދި އަރަބިއްޔާއަށް ނިސްބަތްވާ އަންހެނަކު ތިން ދުވަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޖިއްދާގައި ހުންނަ ކްރިމިނަލް ކޯޓުން އެ އަންހެން މީހާ ތިން ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ، ކުރީގެ ފިރިމިހާއަށް އިހްތިރާމް ކުޑަކޮންނާއި މެސެޖް ކުރަން ނުޖެހޭ ބަހުރުވައިން މެސެޖް ކުރިކަން ސާބިތުވުމުންނެވެ.

އެ އަންހެން މީހާގެ ލައްވާ ވަނީ، އެފަދަ މެސެޖްތައް ފިރިމިހާއަށް ދެން ނުފޮނުވާނެ ކަަމަށް ޔަގީން ކުރުމުގެ ގޮތުން ސޮއިވެސް ކުރުވާފައެވެ.

އެ އަންހެން މީހާގެ ކުރީގެ ފިރިމީހާ އޭނާ އާ ދެކޮޅަށް ފައިލް ކުރި އެ މައްސަލާގައި ބުނެފައި ވަނީ، އަންހެން މީހާ އޭނާއަށް އެތައް ހާސް މެސެޖްތައް ވަޓްސްޕް މެދުވެރިކޮށް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ކުރަނީ ތިހުތިރާމް ކުޑަ، އަދި ގޮތްކުޑަ، އިންޒާރުގެ މެސެޖްތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އޭނާއާ އެ އަންހެން މީހާގެ ގުޅުން މީގެ ހަތް އަހަރު ކުރިން ކެނޑިފައިވާ ކަމަށްވެސް ބުނެފައި ވެއެވ

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ އޭނާއަށް ފޮނުވި މެސެޖްތަކުގެ ތެރޭގައި ޑިކްޓޭޓަރ އާއީ، އެއްވެސް އިހުސާސެއް ނެތް ރޮބޮޓެއް، ސައިކޯޕެތްއެއް، ބޭވަފާތެރިއެއް، އަދި އޭގެ އިތުރުން ހުތުރުބަހުންވެސް މެސެޖްކޮށްފައިވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން އަންހެން މީހާ ވަނީ އެކަމަށް އެއްބަސްވެފައެވެ. އަދި އޭނާ އެ ކުރި ކަންތައް ދިފާއުކޮށް ބުނެފައި ވަނީ، އެއީ އެ ފިރިހެން މީހާ އޭނާއާއި އޭނާގެ އާއިލާއާ މެދު ކަންތައް ކުރޮގޮތުން ބަދަލު ހިފުމުގެ ގޮތުން ކުރި މެސެޖްތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު