ސްޕޭންގެ ރެސްޓޯރެންޓަކަށް މީހަކު ފިސްތޯލައެއް ހިފައިގެން ވަދެ، އެތަނުގައި ތިބި މީހުންނަށް ބިރުދައްކައިގެން އެމީހުންގެ ފޯނުތައް ފޭރިގަނެގެން ދިޔައިރު ވެސް އެކަކު ވަރަށް ހަމަޖެހިލައިގެން ކުކުޅު ކަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ފިސްތޯލައެއް ހިފައިގެން މީހަކު ވަދެ ރެސްޓޯރެންޓްގައި ތިބި މީހުންނަށް ބިރުދައްކަން ފެށުމުން ގިނަ ބައެއްގެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. ނަމަވެސް އެކަކު ވަރަށް ހަމަޖެހިލައިގެން ކުކުޅު ކަމުން ދިޔަ މަންޒަރު ފެނުނެވެ.

ފޭރެން ވަން މީހާ ވަނީ އެތަނުގައި ތިބި ގިނަ މީހުންގެ އަތުން ފޯނުތައް އަތުލާފައެވެ. އަދި ބައެއް މީހުންގެ ކަރުގައި އޮތް ފަށާއި އެހެން ބައެއް ތަކެތި ވެސް އަތުލަމުން ދިޔަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ކުކުޅު ކާން އިން މީހާ ވެސް ވަރަށް ހަމަޖެހިލައިގެން އިނދެ، އޭނާގެ ފޯނު ވެސް ފޭރެން އައި މީހާ އަށް ދިން މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ވީޑިއޯ އިން ފެންނަ ފޭރޭ މީހާ އާއި ގުޅޭ ގޮތުން ސްޕޭން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނާ ކަމަށް މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު