ސައިކަލެއްގައި އެކުގައި ދަތުރު ކުރި ދެ ލޯބިވެރިންނަށް އެ މީހުން ދިރިއުޅޭ އަވަށަށް ނިސްބަތްވާ މީހުން، ރަނގަޅު ފިލާވަޅެއްދީފިއެވެ. މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އަވަށެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތޭ ދުވަސްކޮޅެއްވެއްޖެއެވެ. މި ދެ މީހުން އެކުގައި ސައިކަލެއްގައި ދާތަން އަވަށު މީހުންނަށް ފެނުމުން އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.
އަދި އެކަން ހުއްޓުވުމުގެ ގޮތުން އެ މީހުން ބޭނުންވަނީ އެ ދެ ލޯބިވެރިންނަށް އަނިޔާކުރާށެވެ. މިިދިޔަ އަންގާރަ ދުވަހު މި ހަދިސާ ހިނގިއިރު، ފުލުހުންނަށްވެސް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާގައި އަނިޔާވި ފިރިހެން މީހާގެ ބޭބެ ބުނީ، އެ އަވަށު މީހުން ބައްދަލުކޮށް އެ ދެ ލޯބިވެރިން އަވަހަށް ކައިވެނި ކުރަން ނަސޭހަތް ދީފައިވާކަމަށެވެ.
މިއީ އިންޑިއާގެ ބައެއް އަވަށްތަކުގައި ހިނގާ ކަމެކެވެ. ބައެއް އަވަށްތަކުގައި ކައިވެނިކޮށްގެން ނޫނީ ލޯބިވެރިން ބައްދަލުކުރުމަކީ މަނާ ކަމެކެވެ.
ހަމަ ރަނގަޅަށް އެ އަވަށު މީހުން ހެދީ
މިފަހަރު ރަނގަޅު.