އިންޑިއާގެ ބިހާރް އަވަށެއްގެ ދަނޑަކުން ވަގަށް އަނބު ބިިންނަން އޮތް 12 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

އެ ކުއްޖާ މަރާލާފައި ވަނީ ވަގަށް އަނބު ބިންނަމުންދަނިކޮށް ބޮލަށް ބަޑިއެއް ޖަހާލައިގެންނެވެ. އެ ކުއްޖާ މަރާލީ އެ ދަނޑުގެ ވެރި މީހާއެކެވެ. އެ ކުއްޖާ މަރާލުމަށްފަހު އެ މީހާ ވަނީ ފިލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ މަރާލުމުގެ ކުރިން އުޅުނީ އެ ސަރަހައްދާއި މާ ދުރުނޫން ހިސާބެއްގައި ކުޅޭށެވެ. ކުޅެން އުޅުމަށްފަހު އެ ކުއްޖާ އަނބު ކާން ބޭނުންވެގެން ވަގަށް އަނބު ބިންނަން ދިޔައީއެވެ.

އަދި އެ ދަނޑުގެ ވެރި މީހާއަށް އެ ކުއްޖާ އަނބު ބިންނަން އޮތްތަން ފެނުމުން ވަގުތުން އެ ކުއްޖާގެ ބޮލަށް ވަނީ ބަޑި ޖަހާފައެވެ.

މިހާރު އެކަން ފުލުހުން ބަލަމުން އަންނައިރު، އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ހޮސްޕިޓަލަށް ފޮނުވާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާގެ ބޮލަށް ބަޑި ޖެހި މީހާ ހޯދުމަށް އޭނާގެ ގެއާ ތަންތަން ބަލާފައިވާކަމަށާއި، އޭނާ ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު