އެޓްލާންޓިކް ކަނޑުން ފެނުނު ބޯޓެއްގައި މަރުވެފައިވާ 20 މީހެއްގެ ހަށިގަނޑު އެބައޮތް ކަމަށާއި، އެމީހުން މަރުވީ ކިހިނެއް ކޮންއިރަކު ކަން ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މަރުވެފައިވާ ގިނަ ބައެއްގެ ހަށިގަނޑުތައް އޮތް ބޯޓު ފެނުނީ އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޖަޒީރާ ރަށްތަކެއް ކަމަށްވާ ޓާކްސް އެންޑް ކައިކޯސްގެ މޭލެއްހައި ދުރުންނެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ފެނުނީ މަސްވެރިން ތަކަކަށް މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނީ މަރުވެފައި ތިބި ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އަދި ނޭނގެއެވެ. އެމީހުން މަރުވި ސަބަބު ދެނެގަތުމަށް މިހާރު ތަހްގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

"ފުރަތަމަ އެންމެ މުހިއްމު އަމާޒަކީ މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްތޯ ދެނެގަނެ އެމީހުންގެ ދެނެގަތުން. އެއާއި އެކުއެކީގައި އެމީހުން މަރުވާން މެދވެރިވި ސަބަބު ދެނެގަތުމަށް ވެސް ތަހްގީގު ކުރިއަށް އެބަގެންދެން." ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މަރުވެފައި ތިއްބާ ފެނުނީ ހެއިޓީން ފުރައިގެން ހިޖުރަކުރަން ދަތުރުކުރި ބަޔަކަށް ވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް އެފަދަ ބަޔަކު ވެސް ކުއްލި ގޮތަކަށް މަރުވާން މެދުވެރިވާނެ ސަބަބެއް އަދި ލަފާކުރަން ވެސް ދަތި ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

"ކޮންމެވެސް ވިހައެއް ކެވިގެން މަރުވީ ކަމަށް ވެސް ވެދާނެ. އެކަން ދެނެގަނެވޭނީ އިތުރު ކަންތައްތަ ބަލައި، ތަހްގީގު ފުރިހަމަ ކޮށްގެން. އެކަމަށް އިތުރު ވަގުތުތަކެއް ހޭދަވާނެ." ތަޖުރިބާކާރަކު އޭޕީ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮވިޑް ރާޅެއް ބިންދާލީ. ލޮލް

    1
    6