ޒީޓީވީ އިން ގެނެސްދޭ މަޝްހޫރު ޓީވީ ޝޯ ކުމްކުމް ބާގްޔާގެ އެކްޓަރ ޒީޝަން ޚާން ވަނީ ދާދިފަހުން ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދަން މަސައްކަތްކޮށްފައެވެ. އޭނާ މަސައްކަތް ކުރީ ބާތްރޯބެއްގައި ދަތުރުކޮށްގެން ރެކޯޑް ގާއިމްކުރާށެވެ.

ނަމަވެސް އެ ކަން ވެގެން ދިޔައީ އޭނާ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ.

ޒީޝަން ވަނީ އޭނާގެ އިންސްޓަގްރަމްގައި އެއާޕޯޓަށް ދިޔަ ވީޑިއޯވެސް ހިއްސާކޮށްފައެވެ. އެއާޕޯޓަށް ބާތްރޯބްގައި ދިއުމުން އޭނާ ވަނީ ހުއްޓުވާފައެވެ. ގޯއާގެ ފްލައިޓަށް ބާތްރޯބްގައި އަރަން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އެޅީ ސްޓާފުންނެވެ.

މީސްމީޑިއާގައ ޒީޝަން ހިއްސާކުރި ވީޑިއޯއިން ފެންނަނީ އޭނާ އެއާޕޯޓް ސްޓާފުންނާއި ވާހަކަދައްކައިގެން ރެކޯޑާއި އެކު ކުރިއަށް ދާން މަސައްކަތް ކުރާ މަންޒަރެވެ. ނަމަވެސް އެއާޕޯޓް ސްޓާފުން ވަނީ ޒީޝަންގެ ވާހަކަ އަށް ހުރަސް އަޅާ ވަގުތުން ހެދުން ބަދަލު ކުރުމަށް އަންގާފައެވެ. އެއާޕޯޓް ސްޓާފުންގެ މި އަމަލަށް ޒީޝަންގެ ފޭނުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ.

ނަމަވެސް ބައެއް މީހުން ވަނީ މިއީ ޒީޝަން އިތުރަށް މަޝްހޫރުވާން ވެގެން ކުރިކަމެއް ކަމަށް ވެސް ބުނެފައެވެ. އެއާ އިންޑިއާ އިން ވަނީ ބާތްރޯބްއެއްގައި ދަތުރު ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެއާކު، އެއާ އިންޑިއާ ސްޓާފުންނަކީ ނާތަހުޒީބު ބައެއްކަމަށް ވެސް ޒީޝަން ވަނީ ބުނެފައެވެ.

އޭނާ އަށް ބާތްރޯބެއްގައި ދަތުރު ނުކުރެވެންވީ ސަބަބެއް ނޭނގޭ ކަމަށް ވެސް ޒީޝަން ވަނީ ބުނެފައެވެ. އޭނާ ބުނީ އެފަދަ އެއްވެސް އުސޫލެއް ނޫނީ ގަވާއިދެއް ލިޔެވިފައި ނެތް އިރު އެކަން އެގޮތަށް ނުވާންވީ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ކުރު އެއްޗެހި ލައިގެން ވެސް ދަތުރު ކުރެވޭ އިރު އޭނާ އަށް ބޮޑު ބާތްރޯބެއްގައި ނުދެވެންވީ ކީއްވެތޯ ސުވާލު އުފެއްދިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އިންޑިއާ މީހުންނަކީ ނާތަހުޒީބު ބައެއްކަން ކަލެއަށް އެގެނީ މިއަދު ދޯ ! ވަރަށް ދެރަ ! އަންހެނުން އެމީހުންގެ ހުރިހާ ވަނާތަކެއް ފެންނަގޮތަށްވެސް ތިޔަ ބޯޓު ތަކުގައި ދަތުރު ކޮށްފަ އެބަހުރި ! އެކަމަކު ބަރތުރޯބެއްގައި ހުރިމީހަކު ބޯޓަށް ނޭރުވުމަކީ އެވިއޭޝަން ގެ އެއްވެސް ޤަވާޢިދެއްގައި ހިމެނިފައި އޮތް ޤާނޫނެއް ނޫން ! އިންޑިއާ މީހުންނަކީ އެމީހުން ހިތައްއެރިގޮތަކަށް ޤާނޫން ތަންފީޒު ކުރާ ބައެއް !

    8
    2