ބޮލީވުޑްގެ ފަންނާނުންނަކީ އިންޑިއާގައި އެކަނި މަޝްހޫރު ބައެއް ނޫނެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮލީވުޑްގެ ފޭނުން ތިބެއެވެ. ޚާއްސަކޮށް އެ އިންޑަސްޓްރީގެ މަޝްހޫރު މީހުން ދެކެ ލޯބިވާ އެ ތަރިންގެ އެކްޓިން ފެނި ފިދާވާ އެތައް ބަޔަކު ވެސް ތިބޭނެކަން ގައިމެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

ބޮލީވުޑްގެ ފަންނާނުންނަކީ އެންމެ ބޮޑަށް ފޭނުންނާ ގާތުން މަސައްކަތް ކުރާ ތަރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން ބައެއް މަގްބޫލް ފަންނާނުންގެ ގޭގައި ފޭނުންނާއި ބައްދަލުކުރުމާއި، އޮޓޯގްރާފް ދިނުމަށް އެ ތަރިން ގިނަ ވަގުތުތަކެއް ހުސްކުރެއެވެ. އަދި ބައެއް ފަހަރު މީސްމީޑިއާގައި ހިއްސާކޮށްލާ ފޭނުންގެ ލޯބި މެސެޖުތަކަށް ޖަވާބު ދިނުމަކީ ވެސް މަޝްހޫރު ފަންނާނުން ކުރާ ކަމެކެވެ.

އާއްމުންނެކޭ އެއްފަދައިން މަޝްހޫރު މީހުންގެ ތެރޭގައި ވެސް ބޮލީވުޑްގެ ފަންނާނުންގެ ފޭނުން ތިބޭނެކަން ޔަގީނެވެ. އެގޮތުން މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރ ޕްރޮޑިއުސަރ ސުނީތާ އަކީ ޕްރިއަންކާ ޗޯޕްރާ (ޕީސީ)ގެ ބޮޑު ފޭނެއްކަން އެންމެނަށް ވެސް އެނގެއެވެ. އަދި މި ނޫނަސް ބޭރުގެ ފަންނާނުން ދެކެ ވަރަށް ލޯބިވާ އެ ތަރިން ފޮލޯ ކުރާ ރާއްޖޭގެ ފަންނާނުން ތިބެއެވެ.

ދިވެހި ފިލްމީ ތަރިންގެ ތެރެއިން ޔާރާ އާއިލާގެ އަލި ގަދަ ތަރި އައިޝަތު ރިޝްމީ އަކީ ބޮލީވުޑްގެ ކިންގް ޚާން، ޝާހްރުކް ޚާންގެ ކިހާބޮޑު ފޭނެއްކަން ނޭނގިދާނެއެވެ. ރިޝްމީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކާއި އެކު ޝާހު އާ މެދު އޭނާގެ ހިތުގައި އޮތް ފުން ލޯބި ބަންޑުންކޮށްލާފައެވެ.

ރިޝްމީ ވަނީ އެ ޕޯސްޓްކުރަން ތަންކޮޅެއް ލަސްވެސް ވެއްޖެ ކަމަށް ބުނެފައެވެ. އަދި އޭނާ ޝާހްރުކް ދެކެ ލޯބިވާތާ 29 އަހަރު ވެފައިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. ރިޝްމީ ބުނެފައި ވަނީ އެއީ އޭނާގެ ފުރަތަމަ ލޯބި ކަމަށެވެ. އޭނާ ވަނީ އެ ޕޯސްޓުގައި ޝާހް ޓެގްވެސް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޮލި މުލައް

    އެހެންވެތަ ޝާހު އާއި އެހާ ވައްތަރު މީހުނާ އިންނަމުން އެދަނީ
    އަހަރެމެން ޤަބޫލުކުރީސް ރޭކާ ހުރިގޮތަށް ހުރިނަމަ

    22
    2
  2. Anonymous

    ދެން ކިހިނެތް ރަވީ ސޮރުދެކެ ލޯބިވާނީ.

    21
    1
  3. ރަދީފުލް ކުމާރު

    ސުބުހާނަﷲ.

    18
    1
  4. އަލްޖިބްރާ

    ތިކަހަލަ ކަންތަކަށް ކިއަނީ " ހިޔަންޏަށް މުޑިނެގުން " !

    17
  5. އެސްއާރްކޭ އިޒް މެރީޑް

    ރިޝްމީ އަކީ މީހަކާއި ކައިވެނި ކޮއްގެން އުޅޭ މީހެއް ނޫންތަ؟

    11
  6. ދަރަނި ދަންތުރަ

    އަހަރެން ޕްރިންސަސް ޑަޔާނާ ދެކެ މީގެ 40 އަހަރުކުރިން ފެށިގެން އަދިވެސް ލޯބިވަން ، އެކަމަކު އެކަން ޑަޔާނާ އަށް ރޭކާވެސް ނުލާ ....

    13
    • Kaley

      🤣😂👍

    • ރަނގަޅު

      ގުޑް ޕޮއިންޓް.. ރިޝްމީވެސް މަރުދުވަހާ ހިސާބަށް ތިވާހަކަ ނުބުނެ ހުރިނަމަ، އޭރުން މައްސަލަނުޖެހި އުމުރުގެ ބާކީއޮތް ބައިވެސް އުޅެވުނީސް. މިހާރު ތިވީގޮތުން ގޯރީމޭމް އަށް ތިކަން ތި އިނގުނު ހިސާބުން “ރިޝްމީ އެންޑް ޝާހުރުކް ލަވް ސްޓޯރީ” ނިމުމަކަށް އަންނާނެކަމަށް އިންޑިޔާގެ ކަމާބެހޭމާހިރުން ބުނެ. ލޮލް..

  7. ލޮނުމިރުސް

    އަހަރެން ވެސް ރިޝް ދެކެ ލޯބިވާތީ މިހާރު 23 އަހަރު ވެ އްޖެ ، ކި އްކުރާނީ މި މަންޖެ މި އުޅެނީ ޚާނަކާ އަޅާގެން ވި އްޔާ

  8. ޭއެއްކަލަ ސޮރު

    ތީރަނގަޅު ވާހަކަތަކެއް