އިންޑިއާގެ މުމްބާއި ސިޓީއަށް ނިސްބަތްވާ މީހަކު އޭނާގެ ތިން ދަރިންނަށް ދިން އައިސްކޯނަށް މީދާ މަރާ ބޭސް އަޅައިގެން ދީފިއެވެ.

މިކަން މިހާރު އެ ގައުމުގެ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެ މީހާ ވިހަ އަޅައިގެން ދަރިންނަށް އަައިސްކްރީމް ދިންއިރު، އޭގެ ތެރެއިން އެެއް ކުއްޖަކު ވަނީ މަރުވެފައެވެ.

މަރުވެފައި ވަނީ އޭނާގެ ފަސް އަހަރުގެ ދަރިފުޅު އަލިޝަން އަލީ މުހައްމަދެވެ. އޭނާ މަރުވެފައި ވަނީ ވިހަވެގެންނެވެ. އޭގެ އިތުރުން، އޭނާގެ ހަތް އަހަރުގެ އަލީނާ އާއި ދެ އަހަރުގެ އަރްމާންވެސް ވިހަވެގެން މިހާރު ދަނީ ފަަރުވާދެމުންނެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ އޭނާގެ ދަރިންނަށް ވިހަ ދީފައި ވަނީ މިދިޔަ ހުކުރު ދުވަހު ގޭތެރޭގައި ހިނގާ ދިޔަ ތަޅާފޮޅުމެއްގެ ތެރެއިން ކަމަށެވެ. އަދި އެކަން ހިނގުމާއި ގުޅިގެން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައި ވަނީ އޭނާގެ އަންހެނުންނެވެ.

މި މައްސަލާގައި މިހާރު ކުދިންގެ ބައްޕަ ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު