ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި، އަބްދުﷲ މުއާޒްގެ ދަރިފުޅު އައިރީން އަބްދުﷲ މުއާޒް (ރޫބީ) އަށް މިއަދު 7 އަހަރު ފުރިއްޖެއެވެ.

ރޫބީ އަށް 7 އަހަރު ފުރުންކަން ފާހަގަ ކުރަމުން ގިނަ ބަޔަކު އަންނަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔައި، ލޯބި އެތައް މެސެޖެއް ފޮނުވަމުންނެވެ.

ރޫބީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން މުއާ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ފޮޓޯއާއި އެކު ދިވެހި އިބާރާތުން ލިޔުންކޮޅެއް ލިއެފައިވެއެވެ. "

”ދަރިފުޅަށް 7 އަހަރު ފުރުނީ. ދަރިފުޅަށް ވަރަަށްވެސް އުފާވެރި އުފަންދުވަހަކަށް އެދެން. ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅުދެކެ. ތިޔައީ ބައްޕަގެ އުންމީދު" އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއާއި އެކު މުއާ ލިއެފައިވެއެވެ.

މުއާ އާއި ރޫބީ

ފިލްމީ ތަރި މުއާގެ މިހާރުގެ އަނބިމީހާ ބަތަލާ މަރިޔަމް އައްޒަ (އައްޒަ) ވެސް ވަނީ ރޫބީ އަށް އުފަންްދުވަހުގެ ތަހުނިޔާ ކިޔައި، ހަމަ އެހާމެ ލޯބި މެސެޖެއް ހިއްސާ ކޮށްފައެވެ.

"ރޫބީއަށް އުފާވެރި އުފަންދުވަހަކަށް އެދެން. މިހާރުވެސް އަދި އަބަދުވެސް ރޫބީ ދެކެ ލޯބިވާނަން. ތިއީ އަބަދުވެސް އަހަންނަށް ވަރަށް މުހިންމު ކުއްޖަކަށް ވާނެ، ވަރަށް ވަރަށް ލޯބިވޭ. މި ދުވަސް ފާހަގަ ކުރަން ކެތްމަދުވޭ. އުފާވެރި 7ވަނަ އުފަންދުވަހަށް އެދެން" އައްޒަ އިންސްޓަގްރާމަށް ދޫކޮށްލި ރޫބީއާއި އެކުގައި ނަގާފައިވާ ފޮޓޯއާއި އެކު ލިއެފައިވެއެވެ.

އައްޒަ އާއި ރޫބީ

މިހާތަނަށް އަދި ރޫބީގެ އުފަންދުވަސް ފާހަގަ ކޮށްފައިވާ ފޮޓޯ/ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާ ކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އައްޒަ ވަނީ ރޫބީ ދެކެ ލޯބިވާކަން ހާމަކޮށްފައެވެ. ރޫބީއާއި، މުއާ، އައްޒަ އަދި އީތަން އެކުގައި އުފާވެރި އެތައް ވަގުތެއް ހޭދަކޮށްފައިވާކަން ދެމީހުންގެ މީސް މީޑިއާ އެކައުންޓުތަކަށް ބެލިއަސް ހެކިވެއެވެ. މޫދަށް ގޮސްއުޅުމާއި، އާއިލީ ހަފްލާތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކުން ވެސް ރޫބީ ފެނިގެންދެއެވެ. އައްޒައާއި މުއާގެ ކައިވެންޏަށް މިހާރު އަހަރެއްް ވެފެއިވާއިރު، ދެމީހުން ވެސް ދޮންދަރިންނަށް އަޅާލުމާއި ލޯބި ދިނުމަށް އިސްކަން ދޭކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިނތި

    މުއާގެ ރޫބީއަށް ހަތް އަހަރު ވިކަން މި އާޓިކަލް ކިޔާ ނިއްމާލިއިރުވެސް މުއާ ކުރީގެ ކާކާއި ކައިވެނިކޮއްގެން ލިބިފައިހުރި ދަރިއެއްކަމެތް

    19
    1
    • ހުދުހުދު

      ޝާޔަން އާ

  2. ހުދުހުދު

    ޝާޔަން އާ

  3. ދިދަ ދަނޑި

    ރޫބީއަށް 1 އަހަރުން ގޮސް 6 އަހަރުވެސް ފުރުނު.. އޭރު ބައްޕަގެ އުންމީދެއް ނެތީތަ؟؟؟ ހަމަ އަހާލީ

    • ޙަސަނު

      ބްރަދާ ބޮަޑެތިވާވަރަކައް ކުދިން ފެނަނާނީ ، ހާއްސަކޮއް ކައިވެނި ރޫޅި ދެމަފިރިން ދުރުގައި އުޅޭ އިރުގައި.

  4. ސަމާ

    މިމީހުން ނޫސްތައް ހައިޖެކް ކުރާތީ ކަންބޮޑުވޭ.
    މިމީހުން މަޝްހޫރުވަނީ ނޫސްތަކުގައި. މަގުމަތިން ފެނުނީމާ، އަދި ކެފޭއަކުން ފެނިގެންވެސް އޮޓޯ ގްރާފެއް ހޯދަން ދިވެއްސަކުވެސް އުޅޭތަނެއް ނުފެނޭ.
    އަނެއްކަާ މިއީ ޕެެއިޑް ނިވްސްތަކެއް ނޫންބާ.

  5. ނަސީރު

    ރޫބީ ، މަންމާ އާއި ހަަމަ ތަފާތެއްވެސް ނެތް ، ތިޔައީ މަންމަގެ ކުއްޖެއް ދޯ.