ޖައްވުގައި ހަރަކާތްތެރިވަމުން ދަތުރުވެރިން ނުވަތަ ސައިންސްވެރިންގެ ކެއުމާއި މެދު އެފަރާތްތަކުން އެތަނަށް ފޮނުވާ މީހުން ވަރަށް ވިސްނައެވެ. ރަނގަޅު ކާނާ ކައިގެން ކުރަން ޖެހޭ މަސައްކަތްތައް އެންމެ ފުރިހަމަ ކަމާއި އެކީ ކުރަމުން އަންނަތޯ އިދާރާތަކުން އަންނަނީ ބަލަމުންނެވެ.

އެގޮތުން އެފަރާތްތަކަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތަށް ދާދިފަހުން ސްޕޭސް އެކްސުން ވަނީ 128 ކުދި ބޯވަދިލަމަސް ޖައްވަން ފޮނުވާފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ބޯވަދިލަ މަހުގެ ސަބަބުން އެފަރާތްތަކުން ޖައްވުގައި ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމައަށް ކުރުމަށް ސިއްހީ ނިޒާމު ވަރުގަދަ ވެގެންދާނެ ކަމަށެވެ.

ސައިންސްވެރިއެއް ކަމަށްވާ ޖޭމީ ފޮސްޓާ ބުނީ، ޖައްވުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ގިނައިރު އެތަނުގައި ހަރަކާތްތެރިވާ ކަމަށާއި އެކަމުގެ ސަބަބުން ދިފާއީ ނިޒާމު ދަށްވާ ކަމަށެވެ. އެހެންކަމުން ރަނގަޅަށް މަސައްކަތް ކުރަން ދަތިތަކެއް ހުންނަ ކަން އޭނާ ފާހަގަކުރިއެވެ.

"ދިފާއީ ނިޒާމު އެންމެ ރަނގަޅު ގޮތަކަށް ބެކްޓީރިއާ ފަދަ ވައިރަސް ތަކާއި ހަނގުރާމައެއް ނުކުރޭ. އެމީހުން އަވަހަށް ބަލިވޭ. ގިނަ ވަގުތު ހަނދު ނުވަތަ މާސްގައި މަސައްކަތް ކުރަން ބޭނުންވާ ނަމަ، ސިއްހީ އެފަދަ މައްސަލަތައް ހައްލު ކުރަން ޖެހޭ" އޭނާ ބުނެފައިވެއެވެ.

ހަވާއީގެ ޔުނިވާސިޓީއެއްގައި މަސައްކަތް ކުރަމުން އަންނަ ޕްރޮފެސަރު މާގަރީތް ފޯލް ގައި ބުނީ، ބޯވަދިލަ މަހުގައި އެފަދަ ވައިރަސް ތަކުން ސަލާމަތް ވުމުގެ މާއްދާތައް އެކުލެވިގެންވާ ކަމަށާއި އެހެން ކަމުން އެފަރާތްތަކުން އެފަދަ ތަކެތި ކާން ޖެހޭ ކަމަށެވެ.

މިހާރު ޖައްވުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ޖުލައި މަހުގެ ތެރޭގައި ދުނިޔެއަށް އަންނަންދެން ބޯވަ ދިލަމަސް ބޭނުން ކުރެވޭނެ ކަމަށާއި އެތަކެތި ތިބޭނީ ގަޑު ކޮށްފައި ކަމަށް ސައިސްވެރިން ވަނީ ބުނެފައެވެ.