އަލަށްވެސް ކައިވެނި ކޮށްފައިނުވާ، ދިވެހި ޒުވާން އަންހެނަކު އިންނާނެ ފިރިހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.

"ކައިވެނި" ޕޭޖްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާއަކީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށާއި، ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށެވެ.

އެ ޕޯސްޓްގައި ބުނެފައި ވަނީ، އޭނާއަކީ ދުވަހަކު ވެސް ކައިވެނި ކޮށްފައި ނުވާ އަންހެނެއް ކަމަށާއި އެހެން ކަމުން ބޭނުންވަނީ އުމުރުން 35 އަހަރައި 50 އަހަރާއި ދެމެދުގެ ތަަނަވަސް، މާލޭގައި ގެދޮރުހުރި އަމިއްލަ ދިރިއުޅުމެއްގައި އުޅެން ބޭނުންވާ ފިރިހެނެއް ކަމަށެވެ.

އަދި އެ ޕޯސްޓްގައި އޭނާ ކައިވެނި ކުރަން ބޭނުންވާ މީހާގެ ހުންނަން ޖެހޭ އިތުރު ޝަރުތައް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން އިސްކޮޅުން ކުރުވެގެން ނުވާނެ ކަމާއި، ބަނޑެއްގައި ލާފައި ހުރެގެން ނުވާނެ ކަމާއި، ބޮލުގައި އިސްތަށި ހުންނަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ފިރިހެން މީހާގެ ދަރިން ތިއްބަސް ބޭނުން ވަނީ ކުދިންނާއި ވަކިން ދިރިއުޅެވޭނެ ގޮތް ވުން ކަމަށް ބުނެފައި ވެއެވެ.

އޭނާއަކީ ފެޝަންއަށް ލޯބި ކުރާ މީހެއް ކަމުން، އޭނާގެ ޒާތީ އެއްވެސް ކަމަކާއި ބެހިގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާއަކީ ކެބިން ކްރޫގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހަކަށް ވުމުން، އެ ދާއިރާއިން ވަޒީފާ ލިބުނު ކަމުގައި ވިޔަސް އެކަމަށް ހުރަސް އަޅާ މީހަކަށް ވެގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ކައިވެނި ޕޭޖަކީ މިފަދަ ޕޯސްޓްތައް ހިއްސާކޮށް އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ޕޭޖެކެވެ. އެ ޕޭޖްގައި މިހާތަނަށް 500 އަށްވުރެ ގިނަ ޕޯސްޓް ޖަހާފައި ވެއެވެ. އަދި މިގޮތަށް ޕޯސްޓް ޖަހާ އިންނާނެ މީހުން ވެސް ހޯދައިދީފައިވާކަން އެ ޕޭޖުން އެނގެއެވެ.

މީގެ ކުރިން ވެސް މިފަދަ ޕޯސްޓްތައް ޖަހާ ޕޭޖްގައި މީސް މީޑިއާގެ ސަމާލުކަމަށް އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ރަދީފް

    ކަލެއަށް ތިއޮތީ ވެފަ.އިސްތަށި ބޮލުގަ ނެތިއްޔާ ކޮބާ މައްސަލައަކި!!؟؟

    73
    9
    • ސޯ

      އެކި މީހުންނަށް ކަމުދާނީ އެކިގޮތް.

      33
      11
    • XD

      ރަދީފް ބޮލުގައި ފަތް ނެތީތަ.

  2. މީނަގެ

    ޢެހެންވީމަ ނަމެއްގަ އިދެގެންއުޅެން ބޭނުންވާމީހެއްނުތީ.

    93
    5
  3. އޔ

    ޙިޔެއް ނުވޭ ތިޔަ ޝަރުތު ތަކާއެކު އިންނާނެ މީހެއް ވާނެހެން

    96
    2
  4. އަންދު

    އުމުރުން 25 އަހަރު ވަންދެން އިންނާނެ މީހަކު ނުވި އަންހެނަކު ސަލާޖަހަނީ އޮތަ؟ ދެން ކީކުރާ ކަންޑިޝަނެއް، ތިކަންޑިޝަނުގައި އަނެއް 25 އަހަރު މަޑު ކޮށްލާ އެކޮއި.

    27
    4
    • ކޭ

      ކަލޭ މީހަކަ އިނީ ވިހޭތަނުންތަ.

      4
      1
  5. ޢިޔާބު

    ފިރިހެނުންނަށް ކުރެވުނު ފުރައްސާރައެއް ތިޔައީ

    57
    4
  6. ޓަކިބެ

    ތި ވައްތަރީ ތި އަންހެން މީހާގެ ނަމުގަ ބަޔަކު ކޮށްގެން އުޅޭ ކަމަކާ. މިހާރު ކައިވެނި ޕޭޖުގަ ތިކަހަލަ ފޭކް ޕޯސްޓްތައް ބައިވަރު.

    19
    11
  7. ނާހަަމަ 😳

    ތިޔަ މިހަކާ އިންނަ މީހަކު ދުވަސްކޮޅަކުން ވާނީ “ މޮޔަ” ކިރިޔާވެސް ވިސްނޭ ފިރިހެނަކު ތިޔަކަހަަލަ އަންހެނަކާ ކައިރިވެސް ނުވާނެ !! ތިއީ ދީނަށް ކުޑަކޮށްވެސް ލޯބި ކުރާ މީހެއް ނޫން !! ދުނިޔޭގެ ވަގުތީ އުފަލާއި އަރާމަށް ގެއްލިހުސްވެފައިވާ އަންހެނެއް! ފިރިހެނުންނޭ ! ސަމާލުވާތި!! ނަމަ ނަަމ ކައިރިނުވާތި 🙏

    38
    3
  8. ގާދިރު

    ދެވަނަ އަނބި ގޮތުގަ އިނދެވިދާނެ

    13
    3
  9. ކެވޭ ލެވޭ

    މމަގޭ ސަލާން އެ މަންޖެ އަށް. ފަހުން އެ މަންޖެ ބަނޑު ލައިފިއްޔާ ވަކިވާގޮތަށް އިދެފާނަން.

    24
    1
  10. ވިޔަފާރިކުރާމީހާ

    އަޅުގަނޑަކީ ރިސޯޓް އޯނަރެއް. މާލޭގައި 2 ބިން އަދި ހުޅުމާލޭގައި ބިމަކާއި 3 ފްލެޓް އަދި މެލޭޝިޔާ ސިންގަޕޯރގައި އެސެޓް އެބަހުރި.

    ސުވާލަކީ އަޅުގަނޑު ކަހަލަ ހައި ވެލިއުމީހަކު 25 އަހަރު މީހަކަށް ޚަރަދު ކުރަން ޖެހެނީ ކީއްވެތޯ؟ އަޅުގަނޑުމެން ވޮލެޓްފަލަ މީހުން އަބަދުވެސް ބޭނުންވާނީ އެއާ އެކަށީގެންވާ އަގެއް އަދާ ކުރަން. މާނައަކީ 18 އަހަރު ކުއްޖަކާ އިނދެވެން އޮށްވާ ގިނަބަޔަކާ ރައްޓެހިވެ ނަފްސާނީ މައްސަަލަތައް ޖެހިފައި ހުރި މީހަކަށް ޚަރަދު ކުރާކަށް ބޭނުމެއް ނުވާނެޔޭ މުއްސަނދިން. ޓްރައިޓު އަންޑަސްޓޭންޑް. ވީ އޯލްރެޑީ ހޭވް ބެގޭޖް. 25 އަހަރުގެ ކުއްޖާ އިންނަން އޭނާ އާ އެކަށީގެންވާ މީހަކު ހޯދުން ރަނގަޅު. މާ އަގުބޮޑުކޮށް ވިއްކަން އުޅުމަކީ އޮޅުވާލުމެއް ކަމުގައި ދެކެން. އައިބީން ސްޓްރެއިޓް.

    23
    5
  11. ސަންޑާނު

    ބަނޑުނުލާހުންނަ ފިރިހެނުން ދުނިޔޭގާ އުޅޭތަ؟

    20
  12. ޓްރަމްޕް

    ގޯލްޑްޑިގަރ

    15
    1
  13. Anonymous

    ތިއިީ ލާރިޔާހެދި އުޅޭ އަންހެނެއް. ތިކަހަލަ އަންހެނަކާ އިންނާނީ ދައްޔޫސުން.

    23
    1
  14. ޢަލީ / ބީނާފުށި

    މިއަންހެން މީހާއަކީ ކިހާވަރެއްގެ މީހެއްބާ؟ މީނަ ބޭނުންވާ ޝަރުތުތައް ހުރި މީހަކާއި އިނަސް އެމީހަކު ހުންނާނީ އެގޮތުގައި ބާ؟ މީދުނިޔެ. އިންސާނާ ބޭނުން ނުވިޔަސް އެއިންސާނާ ދުނިޔޭގައި ހުރިއްޔާ ދުވަސްވެ، އެއްކަލަ ތިބުނާ ޝަރުތު ތަކުގައި އެމީހަކަށް ހުރެވޭނެބާ؟ މީ ހުސް ސުވާލު ތަކެއް ކަމަށް ހީނުކޮށް މިބަސް ކޮޅުންވެސް އިބުރަތެއް ލިބުނިއްޔާ ﷲ އަށް ޙަމްދު ކުރަން.

    19
    1
  15. ފިރިޔެއް

    މީހެއްގެ ފިރިޔަކަށް ވުން މަޖްބޫރު ދޯ

    11
  16. ޓުކުނި

    ކަލޯގަޔާ މަ ފިރިބެ ސަލާމައްވެއްޖެ.
    50 އަހަރުން ދަށުގެ މީހެކޯ.

    15
  17. ޙަލީ

    ގިނަ އަންހެނުން ބޭނުންވަނީ ބަނޑުލާފައި ތިބޭ ފިރިހެނުން ، ހީނުވޭ ބަނޑެއްލާފައި ނެތް ފިރިހެނެއް މިޒަމާނުގައި ލިބނެހެން.

  18. Anonymous

    ތިއީ ދުވަސްކޮޅަކު ޕިކްނިކް ޖައްސާލަން ހޯދާ ފިރިހެނެއް. ރީތިކޮށް ބުނެލާގެން ތި ބޭނުންވާ ކަންތައް ކޮށްދޭނެ ފިރިހެނުން މިރާއްޖޭގަވެސް މަދެއް ނުވާނެ އެކޮއެ

  19. މަރީ

    ރިސޯޓް އޯނަރ ވިޔަފާރިވެރިޔާ އަށް ބުނަލަން އޮތީ 18 އަހަރުގެ ކުއްޖަކާއި އިދެގެން ކެއްކޭނެ ރިހައެއް ނޯންނާނޭ ، ކަލޭ އުޅޭނީ ކޮންހާލެއްގައި ލަން މިހާރުވެސް ސިފަވޭ ، ފައިސާ އަކީ ހުރިހާ އެއްޗެއްނޫން

    6
    2
  20. ނަޖީބު ޢަލީ

    މިކަހަލަ އަންހެނަކާ ނުއިނުމަށް ހުރިހާ ފިރިހެނުންނަށް އިލްތިމާސްކުރަމެވެ. ފައިސާއާ ތަނަވަސް ދިރިއުޅުމަށް ލޯބިކުރާ އަންހެނަކު ތިމާއާ ކައިރިކުރުމަކީ ތިމާގެ ދިރިއުޅުމުގެ ހުޅުކޮޅު ތިމާ އަމިއްލަޔަށް ނިއްވައިލުންފަދަ ކަމެކެވެ. އަދި އަމުދުން މި އަންހެނާއާ އިދެފިނަމަ ދިރިއުޅުން އެއްކޮށް ހަފުސްވާނެއެވެ.

    4
    1
  21. ޒާ

    ތި އަންހެނާއަށް ބަނޑުގެ މުހިއްމު ކަން އަދި ނޭނގެނީ.

  22. ރަބަރޭ

    ބަލަ ބަޑުލާފަ ހުއްޓަސް މަންޖެ ބޭނުންވާ ކަންތައް އޭނަ ކޮށްދީފިއްޔާ އެނިމުނީނުން

  23. ކޭ

    ތިހުރިހާ ސިފަހުރި ދިވެއްސަކު ހީނުވޭ އުޅޭނެ ހެން ރާއްޖޭން ބޭރު މީހަކަށް ޓްރައިކުރުން ރަނގަޅުވާނެ.

  24. Anonymous

    ކަނބުލޮ ތިޔަ އިޚްތިޔާރުކުރަނީ ދުނިޔަވީ ދިރިއުޅުމެއް. ރަނގަޅުގޮތަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނޭ ދިރިއުޅުމެއް
    އިޚްތިޔާރު ކުރުން. ސަރުތު ކަނޑައެޅުމުގަ ވެސް ތިއޮތީ ކަނބުލޮއަމިއްލަ ނަފްސާމެދުގަވެސް ވިސްނާނުލެވިފަ. އެއްދުވަހަކުން ކަނބުލޮ ތިޔަބުނާބަނޑު ކަނބުލޮގެ މާބޮޑުވެފަ
    ޗަބީވާނެ، އެހިސާބުން ފިިރިހެންމީހާ އެޝަރުތުކުރީމާ ކަނބުލޮ ވަންނާނީ ކޮމްވަލަކަށް ތޯއާއިމެދު ކަނބުލޮ ވިސްނާފަ ނެތުމުން ދޭހަވަނީ ފޮތަކުން ގޮތެއްދަސްކޮށްފަވެސް ނެތްކަން.