މަޝްހޫރު ތަރިން ހެދުން އަޅާ ގޮތަށް ހެދުން އަޅާ އެތައް ބަޔަކު ތިބެއެވެ. އެ މީހުން އެ އިސްތަށިގަނޑަށް ހަދާ ގޮތްގޮތްތައް ހަދާ މީހުންވެސް މަދެއް ނޫނެވެ. އަދި މި ނޫނަސް ބައެއް ތަރިންނާއި ވައްތަރުވާން ވެގެން ކޮސްމެޓިކް ސާރޖަރީތައް ހަދާ މީހުންވެސް މަދެއް ނޫނެވެ.

މިއީވެސް އެފަަދަ މީހެކެވެ. މި އަންހެން މީހާ ވަނީ އެތައް ހާސް ޑޮލަރެއް ހޭދަކޮށް އޮޕަރޭޝްންކޮށްގެން އޭނާ ބޭނުންވާ ތަރިޔާ ވައްތަރުވާ ގޮތް ހަދާފައެވެ. އޭނާ ބޭނުންވީ ޗައިނާގެ މަޝްހޫރު ތަރި ފެން ބިންގބެންގއާއި ވައްތަރުވާށެވެ.

އުމުރުން 23 އަހަރުގެ ހެ ޗެންގްސް ވަނީ އެކަމަށް އަށް އަހަރުވަންދެން އެކި އޮޮޕަރޭޝަންކޮށްފައެވެ. އޭނާގެ އެ އޮަޕަރޭޝަން ކާމިޔާބުވެ، އެތައް ބައެެއްގެ ލޯބި އޭނައަށް ދަނީ ލިބެމުންނެވެ. އަދި އޭނާއަކީ މިހާރު މީސް މީޑިޔާގެ ސްޓާރެކެވެ.

ޗެންގ އާއި ގުޅޭގޮތުން މީގެ ކުރިންވެސް ނޫސްތަކަށް ހަބަރު އެރިއެވެ. އެއީ އޭނާ ބައިވެރިވި ލަވަ ޝޯވއެއްގެ ތެރެއިން އޭނާ ބިންގބެންގއާއި ވައްތަރުވީތީ ޖަޖުން އޭނާއަށް ވައިލްޑް ކާޑު ދިނުމުންނެވެ. ޖަޖުން ބޭނުންވީ އޭނާ އިތުރު ޝޯވތަކުންވެސް ފެނުމަށެވެ.

އޭނާ އެހާ އަވަހަށް މަޝްހޫރުވުމާއި ގުޅިގެން އެތައް ބަޔަކު އޭނާއާ ގުޅޭގޮތުން ބައެއް މައުލޫމާތުތައް ހޯދިއެވެ. އެގޮތުން ބިންގބެންގއާއި ވައްތަރުވާން ވެގެން އޭނާ އަށް އަހަރުވަންދެން އޮަޕަރޭޝަން ކުރިކަން ފަޅާއެރީވެސް އެ މައުލޫމާތުތައް ހޯދަމުން ދަނިކޮށް ކަމަށް ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު