ކިޑްނީގެ އެކި އެކި މައްސަލަތަކަކީ ގިނަ ބަޔަކަށް ކުރިމަތިވާ ވަރަށް އާންމު ސިއްހީ މައްސަލަތަކެކެވެ. އެހެންނަމަވެސް އެއީ ފަރުވާތެރިކަމާއިއެކު ކެއުމަށް ބަދަލުތަކެއް ގެނައުމުން އެކަންކަމުން ސަލާމަތްވެސް ވެވިދާނެ ކަންކަމެވެ.

އެގޮތުން އެންމެ ފުރަތަމަ ކިޑްނީގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ކެއުމުގައި ގިނައިން ހިމަނަންވީ ބެލް ޕެޕާރސްއެވެ. ބެލް ޕެޕާރސްތަކުގެ ތެރެއިންވެސް ރަތް ކުލަ ގަދަ ބެލް ޕެޕާރސް ކެއުމުގައި ހިމެނުމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ލަފާ އަރުވައިފައެވެ. ރަތް ކުލަ ގަދަ ބެލް ޕެޕާރސްއަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނޭ އެއްޗެކެވެ. ރަހަ މީރުވުމުގެ އިތުރުން ވިޓަމިން އޭ އަދި ވިޓަމިން ސީވެސް ގިނަ އަދަދަކަށް ހަށިގަނޑަށް ރަތް ކުލަ ގަދަ ބެލް ޕެޕާރސްއިން ލިއްބައިދެއެވެ.

ކެބެޖްއަކީވެސް ކިޑްނީގެ އެކި އެކި މައްސަލަތަކުން މީހާ ރައްކާތެރިކޮށްދޭ ތަރުކާރީއެކެވެ. އެގޮތުން ކެބެޖްއަކީ ފައިޓޯކެމިކަލްސް، ވިޓަމިން ކޭ، ވިޓަމިން ސީ އަދި ގިނަ އަދަދަކަށް އޭގައި ފައިބާރވެސް ހިމެނޭ ތަރުކާރީއެކެވެ.

ކޮލިފްލާވާރއަކީ އެހާ ކެއުމުގައި އާންމުކޮށް ހިމެނޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެއީ ކިޑްނީގެ މައްސަލަތަކަށް ވަރަށް ރަނގަޅު ކާނާއެކެވެ. ވިޓަމިން ސީ، ފޮލޭޓް އަދި ފައިބާރ ކޮލިފްލާވާރއިން ހަށިގަނޑަށް ލިއްބައިދޭއިރު ކޮލިފްލާވާރއަކީ ކިޑްނީއަށް ގެއްލުންދޭ އެކި އެކި މާއްދާތައްވެސް ނައްތާލައިދޭ އެއްޗެކެވެ.

ދެން ކިޑްނީގެ މައްސަލަތަކުން ރައްކާތެރިވުމަށް ކެއުމުގައި ހިމަނަންވީ އެއްޗަކީ ފިޔާއެވެ. ފިޔާއަކީ އޭގައި ބާރުގަދަ އެންޓި އޮކްސިޑެންޓްތަކެއް ހިމެނޭ އަދި ކްރޯމިއަމް ނަމަކަށްކިޔާ ހަށިގަނޑުގެ ކާ އެއްޗިހި ހަޖަމްކުރާ ނިޒާމަށް އެހީތެރިވެދޭ މާއްދާއެއް ހިމެނޭ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥަކޭ މޭން

    ރާއްޖެ މިހާރަކަށް އައިސް ގިނައަދަދެއްގެ ޒުވާނުން ކިޑްނީ ފެއިލްވާކަން ފާހަކަ ކުރެވޭތީ މިކަކަން ސިއްޙީ ނިޒާމުން ދިރާސާކޮށް އެކަން ދިމާވާ ސަބަބު ދެނެ ދިވެހިން ހޭލުންތެރިކުރަން އެބަޖެހެއެވެ.

    5
    1
    • އަޒްމީ

      ފެނުގެބަދަލުގަ ވަކިވަރަކަށްނޫންވިއްޔާ ސްފްޓް ޑްރިންކްސް ބޮނީ.