މާވެލްގެ ފިލްމުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަޕޯޓު ލިބުނު އެއް ފިލްމު، ބްލެކް ޕެންތާގެ ދެ ވަނަ ފިލްމު އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމެރިކާގެ ލޮސްއެންޖަލިސްގައި ބޭއްވި ބްލެކް ވިޑޯ ގްލޯބަލް ފޭން އިވެންޓުގައި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މާވެލް ސްޓޫޑިއޯގެ ޗީފް ކެވިން ފެއިގް ބުނީ ފިލްމުގެ ޝޫޓިން އެޓްލަންޓާގައި ފަށާފައިވާ ކަމަށެވެ.

ބްލެކް ޕެންތާ ޑައިރެކްޓް ކުރަނީ ރިޔާން ކޫލާއެވެ. މި ފިލްމުގެ ދެވަނަ ބައިގެ ވާހަކަ އަދި އެއްވެސް ފަރާތަކަށް ހާމަނުކުރެއެވެ.

ލުޕީޓޯ ނިޔޮންގޯ އާއި ޗަޑް

މި ފިލްމުން ދެން ފެނިގެންދާ އެއް އެކްޓަރަކީ ލުޕީޓާ ނިޔޮންގޯއެވެ. އޭނާ ބުނީ މިފަހަރުގެ ފިލްމު ތަފާތުވާނެ ކަމަށާއި މިފަހަރުގެ ފިލްމުގެ ޗަޑްގެ ހަނދާންތައް ގެންނާނެ ކަމަށެވެ.

ބްލެކް ވިޑޯ ރިލީޒް ކުރީ 2018 ވަނަ އަހަރުއެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ހީނުކުރާހާ ބޮޑު ކާމިޔާބީއެއް ލިބުނު އިރު އެ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބޮޑު ފައިދާއެއްވި ފިލްމަށް މި ފިލްމުވެގެންދިޔައެވެ. އެ އަހަރު އެންމެ ބޮޑު ފައިދާއެއް ވި ފިލްމަކީ "އެވެންޖާސް: އިންފިނިޓީ ވާ" އެވެ.

ބްލެކް ޕެންތާގެ ލީޑު ރޯލުން ފެނިގެންދާ ކުޅަދާނަ ބަތަލް ޗަޑްވިކް ބޯސްމެންގެ ވަކިވުން ވެގެންދިޔައީ މާވެލްގެ ފޭނުންނަށް ބޮޑު ހިތާމައެއް ގެނުވި ކަމަކަށެވެ. ޗަޑްވިކް މަރުވީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ހަތަރު އަހަރުވަންދެން ކޮލޮން ކެންސަރާއި ހަނގުރާމަކުރުމަށްފަހު އޭނާ މަރުވި އިރު އުމުރަކީ 43 އަހަރެވެ.

 

ކިޔުންތެރިންގެ ހިޔާލު