ދެމަފިރިންގެ ދޭ ތެރޭގައި މައްސަލަ ޖެހުމަކީ ވެދާނޭ ކަމެކެވެ. އެ މައްސަލަ ޖެހޭ ފަހަރުތަކުގައި ތަޅާފޮޅުމައި ހަމައަށް ދެއެވެ. އަދި ދަރިންނަށް އަނިޔާ ކުރާ ހިސާބަށްވެސް ދެއެވެ. މިއީ އާއްމުކޮށް ދިމާވާ ކަމެއް ނަމަވެސް، މިފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އަތް އިސްވުމުގެ ކުރިން ދިމާވާ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރެވޭތީޯ ބެލުމަކީ ބުއްދިވެރިންގެ ސިފައެވެ.

ނަމަވެސް މި ދެމަފިރިންނަށްވީ އެހެނެއް ނޫނެވެ. ދެމަފިރިންގެ ދެމެދުގައި ހިނގި ހޫނު ޒުވާބުގަނޑުގައި ފިރިހެން މީހާއަށް ހަމަލާދެވުނީ ދަރިފުޅަށެވެ. އެ މީހާ އޭނާގެ އެއް އަހަރުގެ ދަރިފުޅުގެ ބޮލަށް ފައިން އެރީ، އަބިމީހާއާ ހިނގި ޒުވާބުގެ ތެރެއިން އައި ރުޅީގައި ރުޅި ކޮންޓްރޯލް ކުކުރެވިގެންނެވެ. އެ ދަރިފުޅު ފަހުނޭވާލީވެސް ބައްޕަގެ ފައި ދަށުގައި ތެޅިތެޅި އޮއްވައެވެ.

އިންޑިއާގެ އުއްތަރްޕަރަދޭޝްގައި މި ހާދިސާ ހިނގިއިރު، މި ދެމަފިރިން ޒުވާބު ކުރީ ކޮންކަމަކާއި ކަމެއް ނޭނގުނު ނަމަވެސް އެ ޒުވާބަށްފަހު ތުއްތު ކުއްޖަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. މި މައްސަލަ ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ތަހުޤީޤު ކުރަމުންދާއިރު، ދަރިފުޅު މަރާލި ފިރިހެން މީހާ ވަނީ ހައްޔަރުވެސް ކޮށްފައެވެ.

އޭނާއަކީ ކުރިންވެސް، އަނބިމީހާ އާއި ދެބަސްވާ ފަހަރުތަކުގައި ރުޅިގަދަވެ ދަރިން ކުރިމަތީގައި އަނބިމީހާއަށް ޙަމަލާދީ އަނިޔާކުރަމުންދިޔަ މީހެއްކަން ތަހުޤީޤަށް ވަނީ އެނގިފައެވެ. އޭނާ ބުނީ، ދަރިފުޅުގެ ބޮލަށް ފައިން އެރުނީ ރުޅި ގަދަވެ ކޮންޓްރޯލް ނުވުމުން ކަމަށާއި، އެއީ ދަރިފުޅު މަރާލުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

އިންޑިއާއަކީ އާއިލީ މެމްބަރުންގެ ފަރާތުން ކުދިންނަށް އަނިޔާ ލިބުމުގެ މައްސަލަތައް ގިނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާމިރު

    ނަސީދު ބުނާ ކަންކަން މޯދީ ކުރުމަށްވުރެ

    ތިމާގެ ގައުގެ މިފަދަ ޖަރީމީތައް ހުއްޓުން

    މާރަނގަޅު ވާނެ.

  2. އަޙުމަދު

    އިންޑިއާ ވަރެއް ހަމަނެތް.