ޗައިނާއިން އުފައްދާފައިވާ ރޮބޮޓެއް، އެޤައުމުގެ ޤައުމީ ޑޮކްޓަރުންގެ ލައިސަންސް ދިނުމަށްޓަކައި ދޭ އިމްތިހާނުން ފާސްވެ އެންމެ ފުރަތަމަ މިފަދަ އެންޓްރެންސަކުން ފާސްވި ރޮބޮޓުގެ ލަގަބު ހޯދައިފިއެވެ.

ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ "އައިފްލައިޓެކް" އިން އުފައްދާފައިވާ މި ރޮބޮޓު، އިމްތިހާނުން ފާސްވެފައިވަނީ، 456 ޕޮއިންޓު ހޯދައިގެންނެވެ. މިއީ ފާސްވުމަށް ބޭނުންވާ ޕޮއިންޓަށްވުރެ 96 ޕޮއިންޓު މަތީ މާކްސް އެކެވެ.

މި ކާމިޔާބީއާ ގުޅިގެން އައިފްލައިޓެކް އިން ބުނީ، މިއީ ކުރިއަށްއޮތްތަނުގައި ޑޮކްޓަރުންނާއެކު ސިއްޙީ ދާއިރާގެ އެކިއެކި މަސައްކަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތް އިތުރަށް ރައްކާތެރިކަމާއެކު ކުރިއަށްގެންދިއުމަށް އެހީއަކަށްވެގެންދާނެ މޮޅު އުފެއްދުމެއް ކަމަށެވެ.

ކައިރި މުސްތަޤުބަލެއްގައި މި ރޮބޮޓު އިތުރަށް ފުރިހަމަކޮށް، ބޭނުންކުރާން ފެށޭނެކަމަށް އައިފްލައިޓެކް އިން އުންމީދުކުރާއިރު، ރޮބޮޓް އޮފިޝަލްކޮށް ލޯންޗް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ADS BY SHEESHA

150 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިދާ ޚަރަދުކޮށްގެން ހަތް އަހަރުގެ ބުރަ މަސައްކަތުން އައިފްލައިޓެކް އިން އުފެއްދި މި ރޮބޮޓް ކާމިޔާބީއާ ހަމައަށް ވާސިލުވެފައިވާއިރު، އެމެރިކާގެ އައިބީއެމް ކުންފުނިންވެސް ދަނީ ކެންސަރަށް ފަރުވާ ކުރުމަށް ޚާއްސަ ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ރޮބޮޓާ ގުޅޭ މާގިނަ މަޢުލޫމާތެއް އައިބީއެމް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ކޮންކަމެއްމީދެން ރޮބެޓު އަބިންނައްވެސް ފިރިންނައްވެސް މިހަަރު..