ހަނދަށް ރޮބޮޓު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނެފިއެވެ. ނާސާ އިން ބުނެފައިވާ ގޮތުގައި، މަސައްކަތް ކުރަމުންދަނީ ހަނދަށް އޮޓޮމެޓިކް ރޮބޮޓުތަކެއް ފޮނުވުމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މަސައްކަތަކީ އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކޮށްފައިވާ ގަރާރެއްގެ ދަށުން ކުރަމުންދާ މަސައްކަތްތެކެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޖައްވީ އިދާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި އެންމެ އަވަސް ވެގެންވެސް ހަނދަށް ރޮބޮޓު ފޮނުވޭވަރު ވާނީ އަންނަ އަހަރުގެ ތެރޭގައެވެ. އަދި، އެރޮބޮޓުތަކުގެ މަސައްކަތަކަށްވާނީ، ހަނދުން، ފެނުގެ އަސަރު ހުރިތޯ ބެލުންކަމަށްވެސް ބުނެފައިވެއެވެ.

ހަނދުން ފެން ހުރިތޯ ދިރާސާކޮށް ބަލަނީ، އެތަނަކީ އިންސާނުން ގޮސް އުޅުމަށް އެކަށީގެންވާ ތަނެއްކަން ޔަޤީންކުރުމަށްކަމަށް ބުނެފައިވާއިރު، ހަނދުގައި އިންސާނީ ދަރިފަސްކޮޅެއް އާލާކުރުމަކީ ނާސާ އިން ކުރަން ބޭނުންވާ ކަމެކެވެ.

އެއިދާރާއިން ބުނެފައިވާ ގޮތުގައި މަސައްކަތުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ފެން ހުރިތޯ ބަލަން ބޭނުންކުރާ މެޝިނުތަކާއި އެނޫންވެސް އާލާތްތައް ހަނދަށް ގެންގޮސް، އެތަކެތި ރާވާނެއެވެ. އަދި، މި މަސައްކަތްވެސް ކުރާނީ އޮޓޮމެޓިކުން މަސައްކަތް ކުރާ ރޮބޮޓުތަކެކެވެ.

ހަނދުގައި އިންސާނުން އުޅެވޭ ގޮތް ހެދުމުގެ މަސައްކަތަކީ ހަމައެކަނި ނާސާގެ މަސައްކަތެއް ނޫންކަމަށް އެފަރާތުން ބުނެފައިވާއިރު، މިކަމުގައި އެހެން ޤައުމުތަކުގެ ޖައްވީ އިދާރާތަކުންނާއި، އެހެން ވިޔަފާރި ކުންފުނިތަކުންވެސް ބައިވެރިވެ، އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން ދައުވާ ކުރާގޮތުގައި އެންމެ ފުރަތަމަ ހަނދަށް ދިޔަ އިންސާނަކީ ވެސް އެޤައުމުގެ ރައްޔިތެކެވެ. އެއީ ނީލް އާމްސްޓްރޯންގް ކަމަށް އެޤައުމުން ބުނިކަމުގައިވިޔަސް، މިކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް، އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުމްބުލި

    ކޮބާ ނީލްއާމް ސްޓްރޯންގ އޭނަ ބުނި ދިޔައީމޭ، ނާސާ އިން ވެސް މީގެ އެތަށް އަހަރެއްކުރިން ހަނދަށް ދިޔައީމޭ ކިޔާ، ކީތްވެ ވަކި މިހާރު ނުދެވެންވީ ގައިމު ކުރިއަށްވުރެ މާބޮޑަށް ތަރައްޤީވެ ވަސީލަތްތަށް ގިނައިން އެބަހުރިއެންނު. ހުސް ފޭކު ވާހަކަ ދައްކާބައެއް.

  2. މަސްކެޔޮޅު

    ކޮބާ މީގެކުރިންހަނދަށްގޮސް ބަނޑަހަގެޖަހައިގެން ހަނދުގައިލޭނުގެމަސްވެރިކަންކުރި މަސްވެރިންތައް ؟ އެބުނާދުވަހުހަނދަށްގޮސް ކައިބޮއެހަދާފަ ހަނދުން ޒުވާރިކަނޑައިގެންގެނެސް މީސްމީހުންނަށްދައްކާހެދީމަ ކިހިނެއްމިވީ .. ދޮގުން ދޮގު އުފަންވަނީދޯ ؟؟

  3. ބްރޯ

    ލޮލް ހަނަދަށް ދިޔުމާ ބެހޭގިތުން ސުވާލު އެފެދެޔޭ، މާގިނައިން ކޮންސްޕިރަސީ ބެލެނީ ދޯ ބްރޯ ވާނުވާ