އަންހެނަކު އޭނާގެ އުމުރުން 17 އަހަރުގައި ދެބެންގެދެދަރި ބޭބެ ޖުމައްޔިލް ނިމާލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ ޓްވިޓާގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދިންތާ އަހަރެއްވީއިރު ވެސް އިންސާފު ނުލިބޭތީ އާއި އަދި ޖުމައްޔިލް މިހާރު ވެސް މިނިވަންކަމާއިއެކު އުޅެމުން ދާތީ އެއަންހެން މީހާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖުމައްޔިލްގެ ކޮއްކޮ އަށް އޭނާ ޖިންސީ ގޯނާ ކުރި މައްސަލަ ޓްވިޓާގައި ހާމަކުރީ 2020 ވަނަ އަހަރުގެ ޖުލައި 02 ވަނަ ދުވަހު އެވެ. އޭރު އެމައްސަލަ ފެންމަތި ކުރުމުން އަލުން މައްސަލަ ބަލައި މިހާރު ޖުމައްޔިލްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ދައުވާ އުފުލިތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދި މައްސަލައިގެ ހުކުމެއް އިއްވާފައެއް ނުވެއެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކަށް ވާތީ މިމައްސަލައިގެ ޝަރީއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޯޓުން އާއްމެއް ނުކުރެއެވެ.

ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުއްޖާ ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ އަށް ލިބުނު އަނިޔާތަކުގެ ވާހަކަތައް ދެއްކިތާ އެއްއަހަރު ވެގެން ދިޔައިރު ވެސް އިންސާފު ލިބިފައި ނެތް ކަމަށެވެ. "މީގެ އެއްއަަހަރު ކުރިން މިއަދު އަހަރެން، އަހަރެންގެ ވާހަކަތައް އާއްމުކުރީ އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި. އެކަމަކު އޭގެ އެއްއަހަރު ފަހުން މިއަދު ވެސް އަހަރެންނަށް އިންސާފު ލިބިފައެއް ނެތް. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ އެހުރީ މިނިވަންކަމާއިއެކު ދޫކޮށްލާފައި. އޭނާ އެދަނީ ފިލްމުތައް ކުޅެމުން. އޭނާގެ ދިރިއުޅުމުގައި އެންމެ ރަނގަޅަށް އުޅެމުން އޭނާ އެބަދޭ." ޓްވިޓާގައި ބުނެފައި ވެއެވެ.

އޭނާ ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުން މިފަދަ އެތައް މައްސަލައެއް ހިނގާ އޭނާ ފަދަ އެތައް އަންހެނުންނަކަށް އިންސާފު ނުލިބި ވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

މިހާތަނަށް އިންސާފު ނުލިބުނު ނަމަވެސް އިންސާފު ލިބުމަށް އަދިވެސް އުއްމީދު ކުރާކަމަށާއި އިންސާފު އޭނާ އަށް ހައްގު ކަމަށް ޖުމައްޔިލްގެ ފަރާތުން އަނިޔާ ލިބުނު މީހާ ބުނެފައި ވެއެވެ.

ޖުމައްޔިލް ކުއްޖަކަށް ޖިންސީ ގޯނާ ކުރީ 2016 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ގައިގަ އަތްލުމުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފޭރާން

  ކޮ އްކޮމެން ގެނަ އި ތިލަފަތުގެ ސަރުކާރު މީ
  ކަނބުލޮމެން ގެނަ އި އިންސާފު ހަމަމަގަށް އަޅުޥާ ސަރުކާރު މީ
  ދަ އްތަމެން ގެނަ އި އޯގާތެރި ސަރުކާރު މީ
  މަންމަމެން ގެނަ އި ހިތްހެ ޔޮ ސަރުކަރު މީ
  މާމަމެން ގެނަ އި ލޯތްބާ އަޅާލުމުގެ ސަރުކާރު މީ
  މަގުމަތީ ދުޥެ. ޢުޅެބޮޑުވި. މަގުމަތީ ލާހޫރެ. ތަރުބިއްޔަތުވި ނުރައްކާތެރި
  ލާއިންސާނިއްޔަތަށް. ބާރުދޭ. ޜައްވެހި ނަޖިސް ސަރުކާރެއް. ޢިސްލަމިކް ގައުމެއްގައި
  މިހާރު. މިނޫނީ. ނޯންނާނެ.

  މިކުޑަގައުމުގައި
  ޠާހިރުވެރިކަމެއްކޮށްލަންނޭންގުނު.

 2. 🙄

  ކޮބާ މަބުނީ ކީކޭ ކުރީދުވަހު.. ތިޔަ މީހަކު ހަޅެއް ލަވަން ފަށާނެ އޭ..

  3
  1
 3. ވިކްތީ-

  މިއަކީރޭވިގެންދާ މައްސަލައެއް މީޙަކު ބައްދާލުމަށް