ވިހަން ދީފައިވާ ދުވަހަށްވުރެ ހަފްތާއެއް ކުރިން މާބަނޑު މީހަކު ނުވަ އަހަރުގެ އަންހެން ދަރިފުޅުގެ އެހީގައި ގެއަށް ވިހައިފިއެވެ.

އެމެރިކާގެ މިސޫރީގައި މާބަނޑު މީހާ ވިއްސުވާފައިވަނީ އާކައިލާ ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާގެ ހާލުވެސް ރަނގަޅެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާކައިލާ މަންމަގެ ބަނޑުގައި އޮތް ދަރިފުޅު ވިއްސުވާފައިވަނީ މަންމަގެ އެހީގައެވެ. އާކައިލާގެ މަންމައަކީ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެއްކަމުން އޭނާއަށް ކަންކަން އެނގެއެވެ. އެހެންކަމުން މަންމަގެ އެހީ އާއެކު އާކައިލާއަށް މަންމަ ވިއްސުވުމަށް އެހީވެވުނެވެ.

"އަޅުގަނޑުމެންނަށް ލިބިފައި މިހުރީ ޑޮކްޓަރެއް ކަންނޭނގޭ. އުމުރުން ނުވަ އަހަރުގައި ކުދިން ވިއްސައި ދިނުމުގައި" އެކުއްޖާގެ ބައްޕަ ބުންޏެވެ.

މާބަނޑު މިހާގެ ބަނޑަށް ތަދުވުމުން އޭނާގެ ފިރިމީހާއަށް ވެސް ގުޅިއެވެ. އެހެން ނަމަވެސް، މަގުތައް ބާރުބޮޑުވުމުގެ ސަބަބުން ގެއާއި ހަމައަށް ނާދެވުނީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން އެވަގުތު ގޭގައި ހުރީ އާކައިލާ ކަމުން އޭނެ އެހީގައި ވިހެއީ ކަމަށް ވެސް ބުނެފައިވެއެވެ.

އުމުރުން ނުވަ އަހަރުގެ އާކައިލާގެ އެހީގައި އޭނާގެ މަންމަ ވިހެއުމާއި ގުޅިގެން އޭނާގެ އާއިލާއިން ވަނީ ކުއްޖާ ބޮޑުވުމުން ޑޮކްޓަރަކަށްވާނެ ކަމަށް ބުނެފައެވެ.