ޅ. ނައިފަރަށް އުފަން އުމުރުން 21 އަހަރުގެ މަރިޔަމް ޝިފާ ނުވަތަ ޓިކްޓޮކް ޝިފާއަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަަޝްހޫރު ކަމެއް ހޯދާފައިވާ ތަރިއެކެވެ. ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ތަރިއެކެެވެ.

އުމުރުން 17 އަހަރުގައި ފިލްމީ ދާއިރާގައި މަަސައްކަތް ކުރަން ފަށާފައިވާ ޝިފާ އަލަތު ކައިވެންޏަށްފަހު، ފުރަތަމަ ދަރިފުޅަށް ބަލިވެއިން އިރު އުމުރުން 18 އަހަރެެވެ.

ޅަ އުމުރުގައި ބަނޑުބޮޑުވުމާއި ގުޅިގެން ބައެއް މީހުންގެ ވާހަކަތަކުގައި ޝިފާއަށް ކުއްޖާ ބެލޭނެކަމާއި މެދު ސުވާލު އުފައްދާފައިވާކަން “އަވަސް”އަށް ދިން އިންޓަވިއުގައި ޝިފާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ޝިފާ ބުނީ މީހުން ޝިފާ އަދި ކުއްޖަކު ހޯދާ އުމުރަށް ވުރެ މާ ކުޑަ ކަމަށް ބުނެ، ކުއްޖާ ގެންގުޅެވޭނެ ކަމާއި މެދު ޝައްކު އުފައްދާފައިވީ ކަމުގައި ވިޔަސް ޝިފާއަށް ކުއްޖާ ގެންގުޅެވޭނެ ކަމާއި ކުއްޖާ ބެލޭނެކަމަށް އަމިއްލައަށް ގަބޫލުކުރެވުނު ކަމަށެވެ.

ޝިފާގެ ދަރިޔަކު ހުރި ކަމުގައި ވިޔަސް، ކުއްޖާ ދިރިއުޅެމުން ދަނީ ޝިފާއާއި ދުރުގައެވެ. އެ ކުއްޖާ ބަލަމުން ދަނީ ޝިފާގެ ކުރީގެ ފިރިމީހާގެ ފަރާތުގެ އާއިލާއިންނެވެ. ޝިފާ ބުނީ އެމީހުން ކުއްޖާ ބަލަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ޝިފާއާއި ކުއްޖާ ބައްދަލުވާކަން ވެސް ފާހަގަކުުރިއެވެ.

ކުއްޖާއާއި ދުރުގައި ހުރުމަކީ ހުދު ޝިފާއަށް ވެސް ފަސޭހަކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

ޝިފާގެ ފިރިމީހާ ވަނީ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައެވެ. ޝިފާ ބުނީ ފިރިމީހާ ނިޔާވި ފަހުން ކުއްޖާ ގޮވައިގެން އުޅެލާނެ ފުރުސަތެއް އަދި ނުލިބޭ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ މިކަމާއި ގުޅިގެން މީހުންގެ ނައްސި އެތައް ވާހަކައަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

ކުއްޖާ ނުބަލަނީ ކަމަށް ބުނެ މީހުން ނައްސި އެތައް ވާހަކައެއް މީހުން ދައްކާ ކަމަށް ބުނެ ޝިފާ ވަނީ ކުއްޖާއާއި ގުޅިގެން ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ.

"މީހަކު ބުނެފާނެ، ޝިފާ ވިހާފައި ބޭބީ އެއްލާލީ އޭ، ނުބަލައޭ! އެކަމަކު ބޭބީ ހޯދަން ވަރަށް މަސައްކަތް ކުރިން. ކޯޓަށް ވެސް ދިޔައިން. ބޭބީ ބަލަނީ މައިދައިތަ. ފިރިމީހާ މަރުވި ފަހުން އަދި ނުލިބޭ ކައިރިއަކަށް ދަރިފުޅެއް. އެއީ އެމީހުން ގޯސް ވެގެން ކަމަކަށް ވެސް ނުދެކެން. ވަރަށް ރަނގަޅަށް މައިދައިތަ ދަރިފުޅު ބަލަނީ. ޝިފާ ދެކެނީ ބޭބީ އަދި ލިބޭނެ ކަމަށް، އެ ހޯޕެއް ވެސް ނުގެއްލުވާލަން،" ޝިފާ ބުނެފައިވެއެވެ.

މިހާރު ޝިފާގެ ގާތުގައި ކުއްޖާ ނެތްކަމުގައި ވިޔަސް، ކޮންމެވެސް ދުުވަހަަކުން ކުއްޖާ އޭނާއަށް ލިބޭނެ ކަމުގެ އުންމީދު ފަނޑުވެގެން ނުދާކަން ޝިފާގެ މި ވާހަަކަތަކުން ދޭހަކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޔ

  މަންމައަކުބަލަންހުއްޓައި އެހެންމީހަކާއެވަރުގެކުޑަކުއްޖަކު ބަލާކަށްކޯޓަކުންހަވާލެއްނުކުރާނެ. ބުއްދިގަބޫލުކުރެވޭކަހަލަވާހަކަ ދައްކަބަލަ. ތީވަރަށް އުޅުމެއްނެތް އަންހެނެއް.

  196
  6
  • ޙު

   މަންމަ ދިނިޔޭގަ ހުރިޔާ މަންމަައަށް ދޯ ލިބޭނީ. ކީއްވެބާ މިކޮޔަށް ނުލިބުނީ

   74
   1
  • ކަލެއަށް ހަމަ ނޭނގެނީއެވެ.

   މާމަ އެދަރިފުޅު ބަލަނީ، މަޤުބޫލު ޢުޒުރުތަކެއް ކުޑަދަރިފުޅުގެ މަންމަގެ ހުރުމާއުއެކު، ދުނިޔެއިން ނެތިދިޔަ މާމަގެ ލޯބިވާ ދަރިފުޅުގެ ހަނދާނަކަށް ވާތީ ކަން ކަށަވަރެވެ. އިސްލާމްދީނުގައި ކުޑަ ދަރިއަކު ހުއްޓައި، ކައިވެންޏެއް ރޫޅިއްޖެނަމަ ނުވަތަ ފިރި މަރުވެއްޖެނަމަ، މައިމީހާ ބަލަން ބޭނުންވިޔަސް، އެދަރިފުޅުގެ ބައްޕަ ފަރާތުގެ މާމަ އާއި ކާފަ ކައިވެނިމަތީ ތިބެ، ހެޔޮޙާލުގައި ވާނަމަ އަދި މާމަ އެދަރިފުޅު ބެލުމުގެ ޒިންމާ ނަގަން އެދޭނަމަ، މަންމަ ނުރުހުނަސް ރޮއިހޭރުނަސް އެދަރިފުޅު ލިބޭނީ މާމަ އަށެވެ. އެއީ އިސްލާމްދީނުގެ ޙުކުމެވެ. އެއްވެސް މުސްލިމަކަށް މިކަމާ ދެބަސް ނުވެވޭނެއެވެ. މަންމަ ބޭނުންވާނަމަ، ދަރިފުޅަށް 7 އަހަރު ފުރުނީމައި އެދަރިފުޅު އުޅެން ބޭނުންވާ ފަރާތަކާ އަނެއްކާވެސް ކޯޓުން ޙަވާލު ކުރާނެއެވެ. ރަނގަޅު ގޮތަކީ މިކަމާ އެއްވެސް މީހަކާ ދިމާލަށް ކުޑައިމީސް ބަސް ނުބުނުމެވެ. އެހެނީ ދެފަރާތަކީ ވެސް އެކުޑަދަރިފުޅުގެ ލޭހިނގާ ބައެކެވެ. ދެފަރާތުގެ ވެސް ކުށެއް ނެތެވެ. ދެން އެހެންމީހުންނަށް އެކަމާ ބަސްބުނުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

   17
   23
   • ކަލެއަށް ނޭނގޭ މާބޮޑަށް

    ދީނޭ ކިޔާފަ ނޭނގޭ ވާހަކަ ނުދައްކާ ބޮޑުވެގެންވާ ފާފައެއް. ކުއްޖާގެ ޙަޟާނަތު ހައްޤު މީހުންއަކީ ކުއްޖާގެ މަންމަ ފަރާތު މާމަ ދެން ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތަތައް. މިހެންގޮސް މަންމަ ފަރާތު އަންހެނުން. ކުއްޖާގެ ބަލަދުވެރިކަން އަރާނީ ކުއްޖާގެ ބައްޕަ ފަރާތު ފިރިހެނުންއަށް.

    21
    1
   • ބޭނުމޭ

    ވަޓް؟؟ތިއޮތީ އަސްލު ތިބޭފުޅާއަށް އޮޅިފަ...ފިރިމަރުވެ ނުވަތަ ކައިވެނި ރޫޅިފަވާނަމަ 7 އަހަރު ނުވާ ކުޑަކުއްޖާގެ ހަޟާނާތު އޮންނާނީ މަންމައަށް.މަންމަ ބަލަން ހުރިހާ ހިނދަކު އެހެން މީހަކަށް ހަވާލެއް ނުކުރެވޭނެ (އެއީ ކުއްޖާގެ މަންމަ އެހެން މީހަކާ ކައިވެނި ނުކުރާހާ ހިނދަކު).އެއަށްފަހު އޮންނާނީ މަންމަ ފަރާތު މަންމައަށް..ބައްޕަ ފަރާތު މަންމައަށް އަންނާނީ 3 ވަނައަށް

    11
   • ވަގުތު ނޫހަށް

    "ކަލެއަށް ހަމަ ނޭނގެނީއެވެ" އެނަމުގައި ކޮށްފައިވާ ކޮމެންޓްގައި ބޮޑު އޮޅުމެއް އަރާފައި ވާތީ، އެ ކޮމެންޓް ރިމޫވްކޮށް ދެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ.

 2. ޕު

  ޕަބްލިސިޓީ ސްޓަންޓެއް😂😂
  ދެން ކީކޭ ކިޔާނީ

  79
  2
 3. Anonymous

  ހަދާފާނެ ، ސަރުކާރުގެ ބޭފުޅުން ބޭނުން އެއްޗެއް ހަދާނެ.

  16
  30
 4. Anonymous

  އައި ވިލް އޯލްވޭސް ލަވް ޔޫ ސިފާ ، ސިފާގެ ފިރިޔަކައް ވަރަށް ވާންބޭނުން.

  11
  44
 5. ބަބޫ

  ކޯޓަށް ދިޔަވާހަކަ ބުނާއިރު ދަރިނބެލޭނެ ވަރުގެ ހާލަތެއް ހުރިނަމަ ކޯޓުން ދަރި ލިބޭނެ. އެކިއްޖާގެ ނަސީބު ފިރިމީހާގެ އާއިލާއިން އެކުއްޖާ ބަލާކަން.

  59
  2
 6. ޝަމީލް

  މިއީ ހާދަ ޕަބްލިސިޓީ ބޭނުންވާ މހެ ކޭ ދޯ

  37
  1
 7. މަންމަ އެއް

  ސިފާ ނޫނީ ނުދެކެން ދަރީގެ ނަން ބޭނުން ކޮށް ގެން މަޟްހޫރު ކަން ހޯދާ މީހެއް. މިވެސް ބައެއް މައިންގެ ގޮތް ކަންނޭގެ.

  44
  3
 8. ހުސޭނުބޭ

  ތިއީ ތެދު ވާހަކައެއްނޫން! ފުރަތަމަ އަސްލު ނަމަކީ ޝިފާޒާ! ނަން އޮޅުވާލައިގެން އުޅޭ މީހާ އެހެން ހުރިހައި އެއްޗެއް އޮޅުވާލާނެ!

  19
  2
 9. ސްޓިކް ހައުސް ޒަކިއްޓޭ

  ގޮތް ގޮތަށް ހޫރަހޫރާފަ އަނބުރަމުން ދުވަނީ. މައެއް ކަމެއް އަދި މިއެގުނީ. ފަކުރު ދިރިއުޅުމެއް ބާތިއީ. އޅުމެއް ނެތް. ދަރިފުޅާއި ބެހޭގޮތުން އެކުއްޖާގެ މާމަގެ ބަހެއް ވަގުތު ނޫހުން ގެނެސްދީބަލަ. ލަދުން ހަލާކުވެދާނެ

  24
  1
 10. އާޝާ

  ރަނގަޅު މީހަކާ މެރީކޮށްގެން ސެޓްލްވެގެން ދަރީގެ ކަަސްޓަޑީ ހޯދަން އުޅެ ބަލަ. ހިންދީ ޑްރާމާތައް ނުބަލަންތަ؟

  20
  1
 11. ފިރިމހާ އާއިލާ

  ކިހާބޮޑު އުނދަގުލެއްތަ ؟ ދަރި އޭ ކިޔައިން މައްޝޫރުވާން ނޫޅެބަލަ. ވަގުތު މީހުން އަހާލަބަލަ އޭނަ ކައިރީގަ މި ނިމުން ޖޫން މަހު ކިތައްފަހަރު ދަރި ދެކިލަން އައިންތޯ ؟ މީ ވަރަށް ވާހަކަ

  22
  1
 12. Anonymous

  ބުއްދި ހަމަ ނުޖެހޭ މީހަކާ ކޯޓުން ދަރިފުޅު ހަވާލު ނުކުރާނެ

  9
  1
 13. ލާމު

  ކުއްޖާ ހޯދަން ބޭނުންވެގެން ދައްކާ ވާހަކައެއް ކަމަކަށް ނުބެލެވޭ. ކުއްޖާ ބަލަންޖެހުނީމަ ތިޔަ ނާޗަރަންގީއެއް ނުކުޅެވޭނެތީ ދޫކޮށްލައިގެން ހުންނަނީ.

  9
  2
 14. ބަބުޅި

  ދަރިއަކު ލިބުނީ 18 އަހަރުގަ މިހާރު 21 އަހަރު 3 އަހަރުގެ ފަރަގެއް. ދެން ކިހިނެއް އަހަރުތަކެއް ކުރިން ފިރިމީހާ ނިޔާވީ. ދެތިން އަހަރަށް ނިސްބަތްކޮށް އަހަރުތަކެކޭ ނުކިޔާނެ.

  6
  2
 15. ބުޝްރާ

  ކިހާބޮޑު ކަމެއްތަ ޝިފާ ! ކަލޭޔާ ހެދި ވެލާ އާއިލާ އަށްވެސް ހުތުރު

  4
  1
 16. ރާނީ

  މިތާ ކޮމެންޓްކޮށްފަމިހުރީ މުޅިންވެސް ޢިލްމުވެރިން

 17. Anonymous

  ހަގީގަތުގައި ވަރައް ރަހުމު ކުޑަ. ޝިފާ ދަރިފުޅު ބަލަން ހުރެއްޖެ ކަމުގައި ވަންޏާ މައިދައިތަ އަކައް ދަރިޔެއް ނުނެގޭނެ. އެއްލާލީމަ މައިދައިތައައް ބަލަން މަޖުބޫރުވާނެތާ.