ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ އަވަހަށް ކުރި އެރި އެއް ފަންނާނަކީ ޓިކްޓޮކް ތަރި މަރިޔަމް ޝިފާއެވެ. ކުޅަދާނަ އެކްޓިން އާއި ނެށުމުގެ ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ކަޅި ވަނީ އޭނާއަށް ހުއްޓިފައެވެ. ޝިފާގެ ވާހަކަތަކަށާއި ވީޑިއޯތަކަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، މިފަހަރު ވެސް ޝިފާ ވަނީ ގިނަ ބަޔަކަށް ނޭނގޭ ވާހަކައެއް ހިއްސާ ކޮށްފައެވެ. އެއީ އޭނާ އަށް "ރޯ" މަންޒަރު ނަގަން ވަރަށް އުނދަގޫ ވާހަކައެވެ.

"އަވަސް" ނޫހަށް ދިން އިންޓަވިއުއެއްގައި ޝިފާ ބުނެފައިވަނީ އޭނާ އަށް އެންމެ ފުރަތަމަ ފިލްމެއް ކުޅެން ފުރުސަތު ލިބިފައިވަނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ފަރާތުން ކަމަށާއި ފިލްމް އިންޑަސްޓްރީގައި ވަރަށް ކަންކަން ދަސްވެފައި ހުންނާނެ ކަމަށެވެ.

ފިލްމް އިންޑަސްޓްރީގައި ގިނަ ކަންކަން އޭނާއަށް ދަސްވި ނަމަވެސް، އެންމެ އުނދަގޫ ކަމަކަށް ވަނީ "ރޯ" މަންޒަރު ނެގުން ކަމަށް ޝިފާ ވަނީ ބުނެފައެވެ.

އެގޮތަށް އެމަންޒަރު ނަގަން އުނދަގޫ ވަނީ އޭނާ އަކީ އާއްމުކޮށް ރޯ މީހަކަށް ނުވުމުން ކަމަށާއި ޓިކްޓޮކުން ފެނިގެން ދަނީ ވެސް ބާބު ލައިގެން ރޯ މަންޒަރު ނަގާފައިވާތަން ކަމަށް އޭނާ ބުނެފައިވެއެވެ.

"ރޯ މަންޒަރު. އެއީ އެންމެ އުނދަގޫ ކަންތައް ޝިފާއަށް. ޓިކްޓޮކްގައި ވެސް ހުންނާނީ ލޮލުގައި ބާބު ލައިގެން ރޮވެފަ. ފިލްމެއްގައި ވެސް ޖެހޭނީ ހަމަ އެހެން ހަދަން. ނުރޮވޭނެ ހަމަ ބުނާއިރަށް. ޝިފާ ވަރަށް ދެރަވެފަ އިން ދުވަހެއްގައި ވެއްޖެއްޔާ ރޮވިދާނެ. ނޫނިއްޔާ ވަރަށް އުނދަގޫވާނެ" ޝިފާ ބުންޏެވެ.

ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއަކީ ރާއްޖޭގެ ޓިކްޓޮކްގެ އެންމެ މަގުބޫލު އެއް މޫނެވެ. އޭނާ އަކީ ޓިކްޓޮކް ކުޅެގެން އާއްމުންގެ މަގުބޫލުކަން ހޯދިދާނެކަން ސާބިތުކޮށްދިން ފަންނާނެކެވެ. އޭނާ ވަނީ ފާޑުކިޔާ މީހުންނަށް ބެލުމެއް ނެތި އެ ދާއިރާއިން ކުރިއަށް ދާން ތައްޔާރަށް ހުރި ކަމަށް މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަޅުގަނޑުގެ ކަޅިއެއްނޫން ހުއްޓިފަ އިނީކީ އެހެން އެއްޗެއް ، ނުކެރޭނެ ބުނާކައް.

    12
    3
  2. ހަޖަމު

    ފުރަތަމަ ސުވާލަކަށް އޮންނާނީ ޝިފާގެ އުޅުން، ތީ އެއްވެސް އުޅުމެއް ވިސްނުމެއް އަހްލާގެއް ފުރި މީހެއްނޫން.

    8
    1
  3. ތަރި

    މިނޫން ތަރިއެއްގެ ވަަހަކަ އަޅެ ޖަހާލަބަލަ....ޝީފާތީ ތިގޮތަށް މަޝްހޫރު ކޮއްގެން ގެންގުޅޭ ތަރިއެއް

    4
    1
  4. ސަމްސިއްޔާ

    އެހެންވެ ދޯ މަގުމަތީގައި ޕްރެކްޓިސް ކޮއްލީ