މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑު ކަމަކީ ފަހުގެ ތާރީހެއްގައި ވެސް ބައްޔެއްގެ ސަބަބުން މުޅި ދުނިޔެ ގުގުމައިގެން ދިޔަ ނުރައްކާތެރި ބައްޔެކެވެ. ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެ، އެތައް މިލިއަން މީހަކު ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ.

ބައްޔަށް ފަރުވާއެއް ކަމަށް ބުނެ ސައިންސްވެރިން ރެއާއި ދުވާލު މަސައްކަތް ކޮށްގެން ވެކްސިންތަކެއް އުފައްދާފައިވާއިރު، މިއަދާއި ހަމައަށް ވެސް ބަލި ފެތުރެން ފަށާފައިވަނީ ކިހިނެތް ކަމާއި ކޮންތަނަކުން ކަމެއް ހޯދިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ބަލި ފެތުރެން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީންނެވެ. އެއީ އެތަނުގައި ހުރި މާރުކޭޓެއްގެ ތެރެއިން ފެތުރެން ފެށި ވައިރަހެއް ކަމަށް ބުނި ނަމަވެސް، މި ވައިރަސްގެ އަސްލަކީ އެމެރިކާ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

ބަލިމަޑުކަން ފެތެރުން ފެށިތާ ދޮޅު އަހަރުވެގެން ދިޔަ އިރުވެސް ވައިރަހުގެ އަސްލު އަދިވެސް ހޯދިފައި ނުވާއިރު، މިއީ ދުނިޔެއަށް ކުރިން ލަފާކުރަން އެނގުނު ކަމެއް ނޫނެވެ. ނަމަވެސް އެކަމުގެ އިންޒާރު ލަވައަކުން މީގެ އަށް އަހަރު ކުރިން ވަނީ ދީފައެވެ.

ޔޫޓިއުބްގައި 2013 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު "ޑރ. ކްރީޕް" ނަމަކަށް ކިޔާ މީހަކު ހިއްސާ ކޮށްފައިވާ "ޕެންޑެމިކް" ވީޑިއޯ ލަވައިގައި ކޮރޯނާ ވައިރަހާއި އެބަލީގައި މި ދުނިޔެއިން އެތައް ބަޔަކު މަރުވާނެ ވާހަކަ ވަނީ ދައްކާފައެވެ.

"ޕެންޑެމިކް" ގެ ނަމުން ނަން ދީފައިވާ މި ލަވައިގައި ބަލީގެ ސަބަބުން ދުނިޔެ ފުރަބަންދު (ލޮކްޑައުން) ވާނެ ކަމަށާއި ސިޓީތައް ހުސްކުރަން މަސައްކަތް ކުރާއިރު، ވަގުތު ފާއިތުވެގެން ހިނގައިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

"ކޮރޯނާވައިރަހާއި 2020 އާއި އޮންނާނީ ގުޅިފައި. ހަށިތައް ފުނި ޖެހޭނެ“ ލަވައިގައި ބުނެއެވެ.

މީގެ އިތުރުން މި ލަވައިގައި ވެކްސިނަށް މީހުން އޮޅުލާނެ ވާހަކަ އާއި މާސްކު އަޅައިގެން އުޅެން ޖެހޭނެ ވާހަކައާއި މިކަމަށް ފަރުވާއެއް ނޯންނާނެ ކަމަށް ބުނާ އަޑު އަސަރު ގަދަ ވީޑިއޯ ކްލިޕް ތަކާއި އެކީ އިވިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފީފާ

    ތިހަބަރު ކޮރޯށާ އަށް އެއްއަހަރު ފަހުން ތިއައީ
    ތިޔަކީ ނީލްއާމްސްރޯންގހަދަށް ހިޖްރަކުރިކަހަލަ ވާހަކައެއް

    19
    2
  2. ބަބޫ

    މަ ޝެއާކިރި ވީޑިއޯ ފެނުނީދޯ. އެލަވައިގަ ހީވަނީ އެމީހުނަށް މިކަންތަށް މާކުރިން އެގޭހެން

  3. ފޭކްހަސަނު

    ތިޔައީ މީހަކު މަޝްހޫރުވާނަވެގެން ހަމަދާދިފަހަކުން ވީޑިޔޯ ހަދާފައިވާލަވައެއް. 2013ގައި ނެރުނުކަމަށް ތާރީޚު ޖަހައިގެން. މާމޮޅުމީހަކަށްވެގެން މީހުނަށް އޮޅުވާލަން. މީގެކުރިން ތިޔަލަވަ އެއްވެސް މީހަކަށް އަޑު ނީވުނީ ކީއްވެބާ؟

    7
    2
  4. އަން

    ނުރައްކާތެރި ވައިރަހެއް ފެތުރިގެން އެއިން ސަލާމަތް ވާންވެގެން މާސްކުއަޅާގެން އެކަހެރިވެގެން މީހުންއުޅޭއުޅުން ސިފަކޮށްދީފައި ތައްޔާރުކޮށްފައިވާ ވީޑިއޯ އެއް މަބެލިން މީގެ އެތައް އަހަރެއްގެ ކުރިން.