ކެއުމުގެ ވަގުތުތަކުގައި ހެދުމަށް ކާ އެއްޗެހި އެޅުމުގެ ސަބަބުން ހެދުމުގައި ލައް ޖެހޭ ހެއްޔެވެ؟ އެ ލައްތައް ފިލުވާލައި އަލުން އެ ހެދުން ލާން ބޭނުންވޭ ހެއްޔެވެ؟ ކާއެއްޗެހިން އަންނައުނުގައި ހުންނަ ލައްތައް ފިލުވާލަން މި ކަންތައްތައް ކޮށްލާށެވެ.
ކޮފީ
ކޮފީ ބުއިމުގެ ތެރެއިން ނުވަތަ ކޮފީ މާސްކެއް ތައްޔާރު ކުރުމުގެ ތެރެއިން ނަމަވެސް ލައިގެން ހުރި ހެދުމަށް ކޮފީ އެޅި ކުލަ ހިފައިފި ނަމަ އެ ކުލަ ފިލުވައިލުމަށް ކޮފީ އެޅުނު ހިސާބު ތެންމާލާށެވެ. އެއަށްފަހު ހުދު ވެނިގާ ކޮޅެއް ޖަހާލާށެވެ. އެ ތަނުގައި ދަތްއުގުޅާ ބުރުހަކުން މަޑުމަޑުން ހާކާލާށެވެ. ދެން ދޮންނަ ކުނޑިއެއް ބޭނުންކޮށްގެން އެ ހިސާބު ދޮވެލާށެވެ.
މޭވާ
މޭވާގެ ބާވަތްތަކުގެ ޖޫހުން ނުވަތަ މޭވާއިން އަންނައުނުގައި ޖެހޭ ކުލަތައް ފިލުވައިލުމަށް ބަޓަރު އުނގުޅަން ބޭނުން ކުރާ ފަދަ ވަޅިއަކުން ކުލަތައް މަޑުމަޑުން ކަހާލާށެވެ. އެއަށްފަހު ބޭކިން ސޮޑާ އާއި ފެން ފޮދެއް އެއްކޮށްލުމަށް ފަހު ކުލަ ހިފާފައި ހުރި ތަނުގައި ހާކާލާށެވެ. އަދި 10-15 މިނިޓްއާއި ދެމެދު ބެހެއްޓުމަށް ފަހު ދޮންނަ ކުނޑިއެއް ބޭނުންކޮށްގެން ދޮވެލާށެވެ.
ކެޗަޕް
މިއީ އެންމެ އާއްމުކޮށް އަންނައުނުގައި ކުލަ ހިފާ އެކައްޗެވެ. ހާއްސަކޮށް ކުޑަކުދިން ކެޗަޕް ބޭނުން ކުރާއިރު ހެދުމުގައި އުނގުޅެއެވެ. މިގޮތަށް ޖެހޭ ލައްތައް ފިލުވާލުމަށް ވީ އެންމެ އަވަހަކަށް ހެދުން ފެން އެއްޗެއްގެ ތެރެއަށް ލާށެވެ. އަދި ދޮންނަ ކުނޑިއެއް ބޭނުން ކޮށްގެން ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ހައިޑްރޮޖަން ޕްރީއޮކްސައިޑް ބޭނުން ކޮށްގެން ސްޕޮންޖު ކޮޅެއް ކުލަހިފާފައިވާ ހިސާބުގައި ކާއްތާލާށެވެ.
އަންނައުނުގައި ކުލަ ހިފައި ނުވަތަ ލައް ޖެހުމުން އަންނައުނު އެއްލައިލުމުގެ ބަދަލުގައި އަލުން އެ އަންނައުނު ބޭނުން ކުރުމަށް މި ކަންތައްތައް ކުުރުން ރަނގަޅުވާނެެއެވެ.
ޤަލަމު ދެލި ޖީބުގައި ވ. އުނގުޅޭ.
ސެންޓް ޖެހީމަ ފިލާ