ބައެއް ފަހަރު ދޮގު ހަދައިގެން ވެސް ކިތަންމެ ވަގުތީ ފައިދާއެއް ނެގިދާނެއެވެ. މިއޮތީ ވެސް އެކަމުގެ މިސާލެކެވެ.

އެމެރިކާގެ ނިއުޔޯކްގެ ރެސްޓޯރެންޓަކުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރި މީހަކަށް ލިބުނީ އުފާވެރި ޚަބަރެއް ނޫނެވެ. ރެސްޓޯރެންޓުން ބުނީ އެތަނުގެ ޖާގަ ފުލްވެފައިވާ ކަމަށާއި އެހެންކަމުން މޭޒެއް ބުކް ކުރެވެން ނެތް ކަމަށެވެ.

ނަމަވެސް ފޯން ކުރި މީހާ ހުރީ އާއިލާ އާއި އެކު އެރެސްޓޯރެންޓުން ކެއުމަކަށް އިންސާފުކުރަން ނުހަނު ބޭނުންވެފައެވެ. އޭނާ ދެން ރެސްޓޯރެންޓް މީހުން ކައިރީ ބުނީ އޭނާ އަކީ މޮރޮކޯގެ ބޮޑުވަޒީރު ސާދެއްދީން އޮތެމާނީ ކަމަށެވެ. އެހެން ބުނުމާއި އެކު ވަގުތުން ރެސްޓޯރެންޓުން ޖާގަ ލިބިއްޖެއެވެ.

އުފާވެރި ޚަބަރަކީ ރެސްޓޯރެންޓްގެ މުވައްޒަފުންނާއި، ވެރިންނަށް ވެސް އެއީ މޮރޮކޯގެ ބޮޑުވަޒީރު ނޫންކަމެއް ނޭނގުނެވެ. އެހެންކަމުން އޭނާ އަށް ކެއުމުގެ އިތުރުން ރެސްޓޯރެންޓްގެ ތައްޓެއްގައި ޝަރަފުވެރިކަމުގެ ލިޔުންކޮޅެއް ލިޔުމާއި ސޮއި ކުރުން އަދި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ކެއުމަށް ފަހު ރެސްޓޯރެންޓުން ދިނެވެ.

"މޮރޮކޯ ބޮޑުވަޒީރަށް" ވި މީހާގެ ދަރިފުޅު މިހުރިހާ ވާހަކައެއް ޓްވީޓް ކުރުމުން އެޓްވީޓް އަށްޑިހަ ހާހަށް ވުރެ ގިނަ މީހުން ވަނީ ރީޓްވީޓް ކޮށްފައެވެ.

ގިނަ ބަޔަކަށް މިކަން ވަރަށް މަޖާ ކަމަކަށް ވެގެން އެޓްވީޓަށް ރިޕްލައި ވެސް ކޮށްފައި ވެއެވެ.

https://twitter.com/IIIdisposed/status/1009481399450128384

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން ބުނެބަލަ

    ދިވެހިން ކުރިކަމެއް ނަމަ އީޔޫ އިން ބުނީސް ތީ ކޮންކަމެއް ހެއްޔޭ ދޯ

  2. ރާއްޖެތެރެ މީހާ

    ވޭޓަރު މީހާ ވެސް މާ ވައްތަރު އަސްލު ބޮޑުވަޒީރާ