ލަވަކިޔުންތެރިޔާ އަހުމަދު ޔާފިއު އާއި ޓްވިންކަލް ޝަރީފް ކައިވެނިކޮށްފިއެވެ.

އެ ދެމީހުން ކައިވެނި ކުރީ ގާތް ރައްޓެހިންނާއި އާއިލާ މީހުންނާއި އެކު ބޭއްވި ހަފްލާއެއްގައެވެ. ޓްވިންކަލް އާއި ޔާފިއު އާ ދެ މީހުން ރަން ކިޔާފައި ވަނީ ޖޫން މަހުގެ ކުރީކޮޅެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފްލާގެ ވީޑިއޯ އާއި ފޮޓޯތައް މީސްމީޑިއާގައި އާއިލާ އާއި ރަހުމަތްތެރިން ވަނީ ހިއްސާކޮށްފައެވެ.

އެ ހަފްލާގައި ޓްވިންކަލް ލައިގެން ހުރީ ސާދާ ހުދު ކުލައިގެ ހެދުމެކެވެ. އަދި ޔާފިއު ހުރީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނެއްގައެވެ.

ޔާފިއު އަކީ ދިވެހި ފަންނާނުންގެ ތެރެއިން އެންމެ ހިތްގައިމު އެއް އަޑުގެ ވެރި ފަންނާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވޮއިސް އޮފް މޯލްޑިވްސްގެ ތެރެއިން ދިވެހިންނަށް ތައާރަފްވި ފަންނާނުންގެ ތެރެއިން އާއްމުންނަށް އެންމެ ކަމުދިޔަ އެއް ފަންނާނަކީ ޔާފިއުއެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށް ވެސް ތަފާތު އެކި ޝޯތަކުގައި ޔާފިއު ހުށަހަޅައި ދިން ހުށަހެޅުންތަކަކީ ރީތި ހުށަހެޅުންތަކެކެވެ.

އެގޮތުން ދައުލަތުގެ މީޑިއާ އިން ގެނެސްދިން އެހަނދާނުގާ އާއި ދިޓީވީ އިން ގެނެސްދިން ތަރިންގެ ރޭގެ އިތުރުން ވީޓީވީ އާއި ސަން އަދި ދި އެފްއެމް އިން ގެނެސްދިން ޝޯތަކުގައި ޔާފިއު ވަނީ ފާހަގަކޮށްލެވޭ ފަދަ ހުށަހެޅުންތައް ހުށަހަޅާދީފައެވެ. ޔާފިއު އަކީ އާއްމުންނަށް ކަމުދާ ފަދަ ހުށަހެޅުންތައް އާއްމުންނާއި ހަމައަށް ފޯރުކޮށްދޭ ކުޅަދާނަ ފަންނާނެކެވެ.

ޓްވިންކަލް ޝަރީފް (ޝުވޭކާ) އަކީ އެކައުންޓިންގެ ދާއިރާގެ އިތުރުން ލަވަކިޔުމުގެ ދާއިރާ އިން ވެސް އާއްމުން ދެނެފަރިތަ މޫނެކެވެ. ސްކޫލް ކުދިންގެ ލަވަ މުބާރާތްތަކުން ވިދާލި ޓްވިންކަލް ވަނީ އާއްމުންނާއި ހަމަ އަށް ހިތްގައިމު ބައެއްލަވަތައް ގެނެސްދީފައެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވުނު އެއް ލަވަޔަކީ "ރޮވޭނެހޭ"ގެ ނަމުގައި ގެނެސްދިން ލޯބީގެ ލަވައެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންސާފު

    ޓްވިންކަލް.؟؟ މަހީކުރީ މީ އިންޑިޔާ ކުއްޖެއް ކަމަށް... ހަހަ..

    70
    1
    • ހަސަނު

      މަވެސް ހީކުރި ތިހެން..އަރަބި ނަ މެއްތަ؟؟ ޓަވިޔަނި އޮވޭތަ؟؟ ޢަރަބި އަކުރުތަކުގަ؟؟؟ މިޒަ މާނުގަ ނޭގޭނެދޯ؟؟؟

      16
  2. އާނ

    ތީ ޝާރޫހްޚާން އާއި ޓްވިންކަލް ޚާން.

    12
  3. ހުސޭނުބޭ

    އޮޅުލަ އޮޅުލާފަ ބައްދަ ބައްދާފައި ފޮޓޯނެގީމާ..... އާނ ވަރަށް ސަޅި.
    ރެސްލިން ތަޅާ ދެމީހުންގެ ފޮޓޯއެއް ޖަހާބަލަ
    މާ ސަޅިވާނެ

    10
    3
  4. ވާނުވާ

    މީ ކޮން ބަޔެއް؟

  5. އަބްދުﷲ

    ބޭރުމީހަކާއި އެކު އެއްދުވަހަކު ހުޅުމާލެ ޖެޓީކާރިޔައް ދިޔައިރު ފެންނަނީ ކައިވެނި ކޮއްގެން އުޅޭ ދެމީހުން ފޮޓޯޝޫޓެއްގަ ތިއްބާ. އަންހެން ކުއްޖާލާފަހުރީ ކުރިސްޓިއަން ނުން ލާވައްތަރު ވެޑިންޑުރެސް އެއް..އައުރައަކައް ފަރުވާލެއް ނެތި..ފިރިހެން ކުއްޖާ ލާފަ ހުރީ ހަނދާންވާގޮތުގަ ކޯޓް ފަޓްލޫނު. މި މަންޒަރުބަލަން ހުރެފަ އެ ބޭރުމީހާ އަޅުގަނޑު ގާތުގައެހީ އެމީހުން ކީއްވެހޯ އެގޮތައް ހެދުން އަޅައިގެން އެއުޅެނީ..އެއީ ކަލޭމެންގެ ދީނެއް ކަލްޗާއެއްގެ ކަމެއް ނޫނެއްނޫންހޯ. ދެން މިއަށް އަޅުގަނޑައް ދޭނެ ޖަވާބެއްވެސް ނޭނގުނު.. ހަމައެކަނި ބުނެވުނީ ރާއްޖޭގަ ކަންކަން އޮތް ގޮތޭ. އެއީ އެއްވެސް ރަނގަޅެއް ހެވެއް އެކުލެވިގެންވާކަމެއް ނޫން. އަހަރެމެންނަކީ މުސްލިމުންކަން ހަނދާން ނެތިއްޖެއިޔާ އެއީ އާޚިރަތުގައި ހަލާކުވެ ނިމިދިއުން. އެއީ ދެމިގެންވާ ދުނިޔޭގައި ހަލާކު ހޯދައިގަތުން. މިކަމައް ކޮންމެ ނަފްސެއްވެސް ފުންކޮއް ވިސްނައި ފިކުރުން މުހިންމު. ބުއްދީގެ އަހުލުވެރިންނަކީ އާޚިރަތާއިމެދު ވިސްނާ ތިމާގެ އަމަލުތައް ސީދާކުރަން މަސައްކަތްކުރާ ބަޔެއް.