އިންޑިއާގެ މަޝްހޫރު ތަރި ރަންވީރު ސިންގ މި ވަނީ އޭނާ ކޮންޑަމް އިޝްތިހާރަކުން ފެންނަން އުޅޭ ވާހަކަ ބައްޕަ، ޖަގްޖިތް ކައިރީ، ބުނުމުން ބައްޕަ ބުނި ވާހަކަތައް ކިޔާދީފައެވެ. އޭގެ ކުރިން ރަންވީރުގެ ބައްޕަ ވަނީ، އޭނާ ކައިރީގައި އިޝްތިހާރުތައް ނުކުޅެނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އަދި އެކަމުން ރަނގަޅު އާއްމުދަނީއެއް ލިބޭކަމަށްވެސް ބުނެފައެވެ.

ރަންވީރު ކޮންޑަމް ބްރޭންޑެއްގެ މަސައްކަތުގައި އުޅެން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެ ބްރޭންޑްގެ ފޭސްއަކަށް އެތައް އަހަރެއް ވަންދެން ވެފައި ވަނީ ރަންވީރު އެވެ.

2014 ވަނަ އަހަރު ފިލްމް ކޮމްޕޭނިއަންއަށް ދިން އިންޓަވިއުއެއްގައި ރަންވީރު ސިންގް ވަނީ އޭނާގެ ބައްޕަ ދެއްކި ވާހަކަތައް ހިއްސާކޮށްފައި ވެއެވެ.

ރަންވީރު އާއި ބައްޕަ

"އަހަރެންނަށް ފެނޭ މި ހުރިހާ އެކްޓަރުންތައް އިޝްތިހާރުތަކުން ފެންނަތާ، އަދި އެކަމުން އެ މީހުން ރަނގަޅު އާއްމުދަނީއެއް ހޯދާ، ކީއްވެތަ ދަރިފުޅު އެކަން ނުކުރަނީ". ރަންވީރުގެ ބައްޕަ އެގޮތަށް ބުނިކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެކަން ކުރާނަން ރަނގަޅު ވަގުތު އައުމުން، އަދި ރަނގަޅު ޕްރޮޖެކްޓެއް އަަހަރެންނަށް އައުމުން". އެއިރު ޖަވާބުގައި ރަންވީރު ބުނި ކަމަށް އޭނާ ބުންޏެވެ.

ފަހުން ރަންވީރު ވަނީ އޭނާގެ ކޮންޑަމް އިޝްތިހާރުގެ ވާހަަކަ ބައްޕައާ ހިިއްސާކޮށްފައެވެ.

"އަހަރެން މި އުޅެނީ އަހަރެންގެ ފުރަތަމަ އެންޑޯސްމެންޓް ހަދަން"

ޖަގްޖިތް އެއީ ކޮން ކަހަލަ އިޝްތިހާރެއްތޯ އެހުމުން އޭނާ ވަނީ އެއީ ކޮންޑަމް އިޝްތިހާރެއް ކަމަށް ބުނެފައެެވެ.

"އަސްލުވެސްތަ؟ އަހަރެން އުއްމީދު ކުރަން ދަރިފުޅަށް ދަރިފުޅު ތިކުރެވެނީ ކޮން ކަހަލަ ކަމެއްކަން އެނގޭނެ ކަމަށް".

ރަންވީރު އާއި އެ ކޮންޑަމް ކުންފުންޏާއެކު މަސައްކަތް ނުކުރެއެވެ. އެއީ ރަންވީރުގެ ފީ ބޮޑުވުމާއި، އޭނާ ކައިވެނިކޮށްގެން އުޅުމުން ކޮންޓްރެކްޓް ޓާމިނޭޓް ކުރީ ކަމަށް ވެއެވެ.

ރަންވީރު މިހާރު ވަނީ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައެވެ.