އިންޑިއާގެ ފިލްމީ ދާއިރާގައި މަޝްހޫރު ޖެނީލިއާ ޑި ސޫޒާ އޭ ބުނުމުން ގިނަ ބަޔަކަށް އޭނާ އަކީ އެއީ ކާކުކަން ނޭނގޭނެއެވެ. އެހެން ނަމަވެސް މަޝްހޫރު ފިލްމެއް ނުވަތަ ލަވައަކުން ފެނިގެން އަންނަ މީހެއް ކަމަށް ބުނުމުން އެއީ ކާކުކަން ނޭނގޭނެ މީހުން މަދެއް ނޫނެވެ.

ޖެނީލިއާ ކުޅެފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ޕިޔާ އޯ ރޭ ޕިޔާ" ލަވަ ވެސް ހިމެނެއެވެ. މިއީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދި ރީތި ލަވައެވެ. ފިލްމީ ދާއިރާއާއި އެކްޓް ކުރުމުގެ ދާއިރާއިން ކުރި އަރަމުން އަންނަ ފަންނާނުންގެ ވާހަކައިގެ ތަފާތު ވާހަކަތައް އަޑު އެހުމަށް ބެލުންތެރި ތިބެނީ ކެތް މަދުވެފައެވެ.

 

View this post on Instagram

 

A post shared by Genelia Deshmukh (@geneliad)

އެގޮތުން ޖެނީލިއާ މިވަނީ ބެލުންތެރިންނަށް އޭނާ ކޮށްފައިވާ ކަމަކުން ހިތްހަމަ ޖެހުން ލިބިފައިވާ ކަން ހާމަ ކޮށްފައެވެ. އެއީ އޭނާގެ ބޮލުގައި ޖައްސާފައި ކުލައިގެ ސަބަބުންނެވެ.

ވަރަށް ފަހުން ބޮލުގައި ރަތް ކުލަ ޖައްސާފައިވާ އޭނާ ބުނެފައިވަނީ ރަތް ކުލައަކީ ހުރިހާ އަންހެނުންގެ ވެސް ކުލަ ކަމަށާއި އޭނާ އެ ކުލައާއި މެދު ވަރަށް ވެސް ހިތް ހަމަ ޖެހޭ ކަމަށެވެ. އަދި އޭނާ ހިއްސާ ކޮށްފައިވާ ވީޑިއޯގައި ބޮލުގެ އިސްތަށިގަނޑު ތަޅުވައި ވަނީ "ފަރި" ދައްކާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބޮލުގެ އިސްތަށިގަނޑު ކުލަ ބަދަލުކޮށްފައިވަނީ ފިލްމެއް ނުވަތަ ލަވައެއްގެ ޝޫޓިންއަކަށެވެ. އެވީޑިއޯގެ އިތުރުން އޭނާ ވަނީ އޭނާ މޭކްއަޕް ކޮށްދޭ ފަރާތްތަކާއި އެކީ ވެސް ވީޑިއޯއެއް ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު