އިނގިރޭސިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލްގެ ހުރިހާ ހަރަކާތަކަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ދަނީ ލޯއަޅަމުންނެވެ. އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި މޭގަން އަށް ހެޔޮވަރު ފައިވާނެ ނުލިބޭ މައްސަލަ އޮތީ މިހާރު ބޮޑުވެފައެވެ.

މޭގަން އަށް ހެޔޮވަރު ފައިވާނެ ނުލިބެނީ ކީއްވެތޯ އިނގިރޭސިވިލާތުގެ މީޑިއާތަކުން މިހާރު ދަނީ ސުވާލު ކުރަމުންނެވެ. އެސުވާލުގެ ޖަވާބު ހޯދަން ތަޖުބާކާރުންގެ ކައިރިން ވެސް މީޑިއާތަކުން ވަނީ މަސައްކަތް ކޮށްފައެވެ.

ފެޝަންގެ ތަޖުރިބާކާރެއް ކަމަށްވާ ހެރިޓް ޑޭވީ ބުނީ މޭގަން އަރާ ފައިވާން އޭނާގެ ފައިތިލައަށް ވުރެ މާބޮޑީ ފައިވާން ސެލެކްޓް ކުރުމުގައި ދިމާވާ މައްސަލައަކުން ކަމަށް ވެދާނެ ކަމަށެވެ.

"ޝާހީ އާއިލާގެ މެންބަރުންގެ އެއްޗެހި ގަންނާނީ ކޮންމެވެސް އެހެން މީހަކު. ފައިވާން ހުންނަ ކޮޓަރިއަކުން އެރަސްމިއްޔާތައް ބޭނުންވާ ކުލައެއްގެ ފައިވާން ނަގާއިރު ފައިވާނުގެ ސައިޒު ބައެއް ފަހަރު ދިމާނުވަނީ ކަމަށް ވެދާނެ. އެއީ މާބޮޑު ކަމަކަށް ނުހަދާ މޭގަން އެފައިވާން ބޭނުން ކުރަނީ ކަމަށް ބެލެވެނީ." ހެރިޓް ބުންޏެވެ.

އެހެން ތަޖުރިބާކާރަކު ބުނީ ދިގުދެމިގެންދާ ރަސްމިއްޔާތުތަކެއްގައި ބައިވެރިވާތީ ފަޔަށް ފަސޭހަ ކުރަން މޭގަން މާބޮޑު ފައިވާނަކަށް އަރަނީކަމަށް ލަފާކުރެވޭ ކަމަށެވެ.

ސައިޒަށް ވުރެ ބޮޑު ފައިވާނަށް އެރުމަކީ ފެޝަނެއް ކަމަށާއި ވިކްޓޯއިރާ ބެކަމް ފަދަ މަޝްހޫރު މީހުން ވެސް މިގޮތައް ކަންތައް ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    މީދޯ މިނިވަން ނޫސްވެރިން އެވެރިންގެ ޒިންމާ އަދާ ކުރާގޮތަކީ... ކާފަރަކު ގުއިރެވުނަސް އެވާހަކަ ލިޔާނެ.

    ދެން ބުނާނެ ދީނީ އިމްވެރިން އެމީހުންގެ ޒިންމާ އަދާ ނުކުރެއޭ.

  2. އަބްދުއްލާ

    ފައިވާންވެސްދޫކޮށް ބެހެއްޓީމަކަން ލޭގެ ހިގުމަށް ފަސޭހަވާނީ . އެކަން އެގޭތީ ދޫކޮށްހުންނަ ފަިވާނަށްއަރާ ފަހަތު މަޅިގަނޑެއްއެޅީމާ ހަމަ ބަރާބަރު ދޯ

  3. ހުސޭނުބޭ

    އެކޮޔަށް ފެންފައިވާނެއް ގަނެލާދޭނޭ ވަރުވެސް ފިރިސޮރުގައި ނެތީތަ؟