ކުލީގެ މައްސަލަ އަކީ މުޅި ދުނިޔޭގައި ވެސް އެތައް ބަޔަކަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ނަމަވެސް އެންމެނަށް ކުލި ދެއްކުން ބޮޑު ބޮލުގެ ރިހުމަކަށް ނުވެއެވެ. މިހާރު ދިވެހިންގެ އެންމެ ބޮޑު ބަހުސަކަށް ވެފައި ވަނީ ހިޔާ ފްލެޓްތަކުގެ ޖާގައިގެ ދަތިކަމެވެ.

ޓެސްލާގެ ވެރިޔާ އެލޮން މަސްކް ބުނާ ގޮތުގައި އޭނާ ވެސް ދިރިއުޅެނީ ގެއެއް ކުއްޔަށް ހިފައިގެންނެވެ. މަސްކްގެ ގެ ހުންނަނީ އެމެރިކާގެ ޓެކްސަސްގައެވެ. އޭނާ ގޭގެ ކުއްޔަށް 50000 ޑޮލަރު ދައްކަން ޖެހެއެވެ. އެއީ ހަތްލައްކަ ރުފިޔާއެވެ.

އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެލޮން މަސްކްގެ ގޭގެ ބޮޑުމިނަކީ 375 އަކަފޫޓް ކަމަށް ބުނާތީއެވެ. މިއީ އެލޮން މަސްކް މިވަގުތު ދިރިއުޅޭ ގެ ކަމަށް ވީނަމަވެސް އޭނާގެ އެތައް ގެއެއް އެމެރިކާ އާއި ދުނިޔޭގެ އެތައް ގައުމެއްގައި އެބަހުއްޓެވެ. އެހެންކަމުން މަސްކް މިވަގުތު ދިރިއުޅޭ ގެ ކިތައްމެ ކުޑަ ނަމަވެސް ހަގީގަތުގައި އޭނާގެ މިލްކިއްޔާތުގައި ހުރި ގެތަކަކީ އަހަރެމެން ފަދަ މީހުންނަށް އަގުގެ ގޮތުން ބަލާއިރު އެކަށީގެންވާ ތަންތަނެއް ނޫނެވެ.

އެލޮން މަސްކް އަކީ މިހާރު ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު 180 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފޯބްސް އިން ބުނެއެވެ. އެލޮންގެ އެންމެ މަޝްހޫރު އެއްކުންފުންޏަކީ ޓެސްލާ ކަމަށް ވީނަމަވެސް އޭނާގެ އިތުރު ކުންފުނިތައް ވެސް އެބަހުއްޓެވެ. އޭގެތެރެއިން އެއްކުންފުންޏަކީ ސްޕޭސް އެކްސް އެވެ. ސްޕޭސް އެކްސްގައި އެލޮންސް މަސްކް މިމަހު ވަނީ ޖައްވަށް ދާން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާ ބިން

    ހިޔާ ފުލެޓުން ނުލިބިގެން ހިފި ތަން ކޮޅެ އްތަ،

    3
    1
  2. ޣެގުއަ

    ހިޔާ ފްލެޓްވަރެއް ނުވާނެ. ޢެއީ ހަމަ ބެސްޓް 👍🏼