އިންޑިއާގެ މަލާޑް އީސްޓްގެ އުމުރުން 22 އަހަރުގެ އަންހެނަކު ރޭޕް ކުރުމުގެ ތުހުމަތުގައި ސްޓަރ ޕްލަސްގެ ޑުރާމާ ''ކަސޯޓީ ޒިންދަގީ ކޭ'' ގެ އެކްޓަރ ޕްރާޗީން ޗޯހަން ހައްޔަރު ކޮށްފިއެވެ.

ކުރާރް ޕޮލިސް ސްޓޭޝަންއިން ޕްރާޗީން ހައްޔަރު ކޮށްފައިވާ އިރު މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ މި އަންހެން ކުއްޖާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޑެއިލީއަށް މަޢުލޫމާތުދެމުން ސީނިއާ އިނިސްޕެކްޓަރ ޕްރަކާޝް ބޭލޭ ބުނެފައިވަނީ ޕްރާޗީން އާ ދެކޮޅަށް ރޭޕްގެ މައްސަލައެއް ފައިލް ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ޕްރާޗީން ގޭގައި ހުއްޓާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން އިތުރު މަޢުލޫމާތެއް ނުދެއެވެ. ނަމަވެސް ޕްރާޗީން ހައްޔަރު ކުރުން ވެގެން ދިޔައީ ޓީވީ އިންޑަސްޓްރީއަށް ބޮޑު ސިހުމެއް ގެނުވި ކަމަކަށެވެ.

ޕްރާޗީން އިންޑަސްޓްރީއަށް ތައާރަފް ވެފައިވަނީ ވެސް ކަސޯޓީ ޒިންދަކީ ކޭ ޑުރާމާއިންނެވެ. މި ޑުރާމާގައި ސުބްރޮތޫ ބާސޫގެ ރޯލުން ފެނިގެން ދިޔަ ޕްރާޗީން ކެރިއަރ ފެށުމުގެ ކުރިން ނިމުން އައީ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހާއްސަ ފެނިލުންތަކުން ނުވަތަ ކުދި ރޯލުތައް ޕްރާޗީން ކުޅުނު ޑުރާމާތަކަކީ ''ސިންދޫރު ތެރާ ނާމްކާ ސާތު ފޭރޭ''، ''މާތު ޕެތާގެ ޗަރޮން މޭ ސުވާގް''، ''ކުޗް ޗޫ ކީ ޕަލްކެއިން'' އެވެ.

ކަސޯޓީ ޒިންދަގީ ކޭއަކީ ކުރީގެ މަޝްހޫރު ޑުރާމާ ކަސޯޓީ ޒިންދަގީ ކީގެ ދެވަނަ ބައެވެ.