ފާއިތުވި ދެމަހެއްހާ ދުވަސްތެރޭގައި ޓިކްޓޮކްގައި އެންމެ ހަރަކާތްތެރިވި އެކަކީ އަފްނާން އިބްރާހިމްއެވެ. އޭނާގެ ދިންގްލިޝްގެ ވާހަކަކޮޅުތަކަކީ ދިވެހީންގެ ތެރޭގައި މަގުބޫލުވެގެންދިޔަ އެއްޗަކަށް ވިއެވެ. ދެ މަސްތެރޭގައި އަފްނާންގެ ޓިކްޓޮކް އެކައުންޓުގެ ފޮލޯވަރުންގެ އަދަދު އަށް ހާހަށް އަރާފައިވާއިރު ބައެއްގެ ވަގު އެކައުންޓު ތަކެއްގެ ސަބަބުން އަފްނާންގެ އެކައުންޓު މިވަނީ ޓިކްޓޮކް އިން ބޭންކޮށްފައެވެ.

އަފްނާން އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޓިކްޓޮކްގެ ގިނަ ގަވައިދުތަކެއް މުގުރާލާފައިވާ ކަމަށް ބުނެ އޭނާގެ އެކައުންޓު ޓިކްޓޮކް އިން ބޭން ކޮށްލާފައިވާ ކަމަށެވެ. އަފްނާން ބުނީ އޭނާ އެއްވެސް ގަވައިދެއް މުގުރާލާފައި ނުވާނެ ކަމަށާއި އޭނާއަށް ނަފްރަތު ކުރާ ބައެއް މީހުން ފޭކު އެކައުންޓުތައް ހަދައިގެން ޓިކްޓޮކްގައި އޭނާގެ އެކައުންޓު ރިޕޯޓު ކުރީ ކަމަށެވެ.

ޓިކްޓޮކް އިން އަފްނާންގެ އެކައުންޓު ބޭން ކުރި އިރު އޭނާއަށް ވަނީ ދެ މަސް ދުވަސްތެރޭގައި އަށްހާހަށްވުރެ ގިނަ ފޮލޯވާސް ލިބިފައެވެ.

އަފްނާން ބުނީ ޓިކްޓޮކް އިން އޭނާގެ އެކައުންޓު ބޭން ކުރި ކަމުގައި ވިޔަސް ދިންގްލިޝް ހުއްޓާނުލާނޭ ކަމަށެވެ. އަދި އާ އެކައުންޓެއް ހެދެންދެން ފޭސްބުކްގެ އޭނާގެ އެކައުންޓަށް ދިންގްލިޝްގެ ވާހަކަކޮޅުތައް އަޕްލޯޑް ކުރާނެ ކަމަށް އަފްނާން ބުންޏެވެ.

އުމުރުން 27 އަހަރުގެ އަފްނާން އިނގިރޭސި އާއި ދިވެހި ބަސް މަސްހުނިކޮށް ރީތި ޖުމްލަތަކަކުން މުޖްތަމައުގެ މައްސަލަތައް ވަރަށް ފުރިހަމައަށް ގެނެސްދެއެވެ. އަފްނާންގެ އިންސްޓަގްރާމް އެކައުންޓެއްވެސް ހުޅުވާފައިވެއެވެ. އެ އެކައުންޓުގައި ދިންގްލިޝްގެ ޅެންތައް ލިޔުންކޮޅުތަކެއްގެ ސިފައިގައި އެންމެންނަށް ފެންނާނެ ގޮތަށް ގެނެސްދީފައި ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖުއްބާ

    ޓިކީޓޮކަކީ އަމިއްލަ ބަރަހަނާ ދައްކަން ހަދާފަ ހުންނައެޕެއް. އިޖުތިމާއީ ވާހަކަ އޭގަދައްކަންޏާ އެކައުންޓު ބޭން ކޮއްލާނެ. ދިވެހިން އެންމެ ގިނައިން ޓިކީޓޮކު ބޭނުން ކުރަނީ ބަރަހަނާވާށާ ހޭބަލިވާން.

    17
  2. ނަގޫރޯޅި

    ނަންބޯޑު ހިފައިގެން އުޅުނަސް ހަގީގަތް ހާމަ ކުރަންޔާ ހަޖަމެއްނުވާނެ. ސަނާ ކިޔާނަމަ ހެނދުނުސައިފޮދުވެސް ލިބެންހުރިއްޔާ އޯޑަރު ކުރާނެ, އެވެސް ރައްޔިތުންގެ ލާރިން

    10
    1
  3. ސދަސދ

    ކޮން ދިނގްލިޝްއެއް.
    ހަމަޖެހިބަލަ

    13
    6
  4. މަރުމޯލް

    ދިންގްލިޝް ގެ ސަބަބުން މަދު ދިވެހިބަސްކޮޅުވެސް ގެއްލިގެންދަނީ. ހިތުންވަރައް މޮޅުކަމެއް މީނައައް މިކުރެވުނީ. ގިނަމީހުން ހެއްލޭނެ ޝައިތޯނުގެ ދަޅަތަކައްވެސް. ދިވެހިންނަކީ ހަމަ އެއްޗެއް ފެންނައިރައް އެއައްދުއްވައިގަންނަ ބަޔެއް. މިމީހުނައް ހީވަނީ އެހެންނޫނީ ތަހުޒީބް ނުވަނީކަމައް.

    22
    8
    • ނިސާ

      ތީ ދިވެއްސެއް ނޫންތަ؟؟؟؟

  5. ﷲގެ އަޅާ

    ކޮން ޑިގިލިށް އަށް.
    ދިވެހިން ބޭނުމިއްޔާ ދިވެހިން ،އިނގިރޭސިން ބޭނުމިއްޔާ އިނގިރޭސިން ދައް ކަންވީ. މަސްހުނި ކުރީމަ ވަރަށް ހަޑިވެފަ ބޮލަށް ތުރާ

  6. ކަތީބު

    ތިޔަ ޓިކްޓޮކް އެކައުންޓް ބޭން ވީ ހަމަ ރަނގަޅަށް. ދިވެހިބަހުގެ ރީތިނަން ގެއްލުވާލުމަށް ޓަކައި އުޅޭ އެކައުންޓުތައް ހަމަ ރިޕޯޓް ކުރަންވީ. އަދި ވަގުތު ނޫހުން " ދިވެހި ބަސް މަސްހުނިކޮށް ރީތި ޖުމްލަތަކަކުން" މިހެން ލިޔަން ކެރުނު ްްކަންވެސް ރަނގަޅު. ބަސް މަސްހުނިކޮށްގެން ވިޔަސް ވަނީ ހަޑި. މި ލިޔުމަކީ ަަ އޮށްޓަރެއް ނެތް ބޭކާރު ލިޔުމެއް. އަމިއްލަ ފަރާތެއްގެ މަންފާއަށްޓަކައި ލިޔެފައިވާ ލިޔުމެއްހެން ބޮޑަށް ފާހަނގަ ވަނީ.

    7
    1
  7. ހުސްނޫނު

    ކަނތީބު ފާހަނގަ ކުރެއްވި ޕޮއިންޓް ރަގަޅު