ބައެއް ބައްޕައިންނަކީ އަނބިދަރިންނަށްޓަކައި ގުރުބާންވެގެންވެސް މަސައްކަތް ކުރާ މީހުންނެވެ. އަނބި ދަރިންނާއި ދުރުގައި ތިބެގެންވެސް ބަލަނީ ދަރިންނަށްޓަކައި އެ މީހުން ބޭނުންވާ ގިނަ ކަންތައްތައްކޮށްދެވޭތޯއެވެ. މިއީވެސް އެފަދަ މީހެކެވެ.

އޭނާ މަސައްކަތް ކުރަނި ދަރިންނާއި ދުރުގައެވެ. އެހެން ނަމަވެސް ދަރިންނާއި ވާހަކަދައްކަން ބޭނުންވެގެން ކޮންމެ ދުވަހަކު އޭނާ ހިނގާފައި ދަތުރު ކުރެއެވެ. އޭނާ އެ ދަތުރު ކުރަނީ ދަރިންނާއި ވާހަކަދެއްކުމަށެވެ. އިންޓަނޭޓްގެ އެހީގައެވެ.

ޗައިނާއަށް ނިސްބަތްވާ މި ފިރިހެން މީހާ އެހެން އަވަށަކަށް ބަދަލުވެގެން މަސައްކަތް ކުރަމުން އަންނަތާ ފުދޭވަރަަކަށް ދުވަސްވެއްޖެއެވެ. އޭނާ ކޮންމެ ދުވަހަކު އޭނާގެ އަބިމީހާ އާއި ދަރިންނާއި ވާހަކަދައްކައެވެ. އޭނާ ކުރާ މަސައްކަތުން ދުވާލަކަށް ލިބެނީ 30 ވަރަކަށް ޑޮލަރެވެ.

އޭނާގެ ފިރިހެން ދަރިފުޅަކީ މިހާރު މަަސައްކަތުގައި ޝާމިލްވެ އުޅޭ މީގެކެވެ، އަންހެން ދަރިފުޅަކީ ނަރުސްކަން ކިޔަވަމުން އަންނަ ކުއްޖެއްކަމުން ދަރިފުަޅަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ. އެހެންވެ އޭނާއަށް އިތުރު ކަމެއް ކުރެވެން ނޯވެއެވެ. އިންޓަނޭޓް ބިލަށްވެސް ފައިސާދެއްކޭ ވަރަށް އޭނާއަށް ފައިސާ ނުލިބެއެވެ.

އެހެންމެ ކޮންމެ ދުވަހަކު އޭނާ ސަބްވޭއަށް ގޮސް އެތާ ބިންމަތީ އިދެގެން ދަރިންނާއި އަނބިމީހާއާއި ވާހަކަދައްކައެވެ. އެ މަންޒަރު ފެނިގެން ބަޔަކު ވަނީ ފޮޓޯވެސް މީސް މީޑިޔާގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯ ދައުރުވުމާއެކު އެތައް ބަޔަކު އެ މީހާއަށް ދަނީ ތައުރީފް ކުރަމުންނެވެ. އޭނާއަކީ އަނބިދަރިންދެކެ އިންތިހާއަށް ލޯބިވާ މީހެއްކަންވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު