ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނަލްޑޯ އިންސްޓަގްރާމުގައި ކުރާ ކޮންމެ ޕޯސްޓަކަށް 1.6 މިލިއަން ޑޮލަރު (24.6 މިލިއަން ރުފިޔާ) ލިބޭކަމަށް ހޮޕާ އެޗްކިޔުގެ މި އަހަރުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ހޫޕާ އެޗްކިޔު އިން ފާއިތުވި ފަސް އަހަރުވެސް އިންސްޓަގްރާމުން ފައިސާދޭ މަޝްހޫރު މީހުންގެ ނަންތައް ހާމަކުރަމުން އާދެއެވެ. އަދި އިންސްޓަގްރާމުން މި އަހަރު އެންމެ ގިނައިން ފައިސާދޭ ސެލެބްރިޓީގެ ޝަރަފު ހޯދާފައި މިވަނީ ކްރިސްޓިއާނޯ ރޮނަލްޑޯއެވެ.

ހޫޕާ އެޗްކިޔު އިން ހާމަކުރި ލިސްޓުގެ އެއްވަނައަށް ރޮނަލްޑޯ ދިޔައިރު ފާއިތުވި އަހަރުވެސް ރޮނަލްޑޯ ވަނީ މި ލިސްޓުގައި ހިމެނިފައެވެ. އެފަހަރު ރޮނަލްޑޯ ވަނީ މި ލިސްޓުން ތިންވަނަ އަށް ގޮސްފައެވެ. ރޮނަލްޑޯގެ އިންސްޓަގްރާމް ފޮލޯވާސްގެ ޢަދަދު މިހާރު އުޅެނީ 308 މިލިއަނުން މަތީގައެވެ.

މި އަހަރު ދެވަނަ އަށް އެންމެ ގިނައިން އިންސްޓަގްރާމުން ފައިސާ ދޭ ސެލެބްރިޓީ އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޑުވޭން ޖޯންސަންއެވެ. އުމުރުން 49 އަހަރުގެ ޑުވޭން ޖޯންސަން އަށް 1.52 މިލިއަން ޑޮލަރު(23.4 މިލިއަން ރުފިޔާ) އިންސްޓަގްރާމުން ލިބެއެވެ.

މި ލިސްޓުގައި ހިމެނޭ ސެލެބްރިޓީސްގެ ތެރެއިން އެންމެ ދުވަސްވީ ސިލިބްރިޓީ އަކީ ޑުވޭން ޖޯންސަންއެވެ. ފާއިތުވި އަހަރު ޑުވޭން ވަނީ މި ލިސްޓުގެ ފަހުރުވެރި އެއްވަނަ ހޯދައިފައެވެ. ޑުވޭންގެ އިންސްޓަގްރާމް ފޮލޯވާސްގެ ޢަދަދު އުޅެނީ 250 މިލިއަންގައެވެ.

މި ލިސްޓުގެ ތިންވަނައިގައި އޮތީ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިޔާނާ ގްރާންޑޭއެވެ. އުމުރުން 28 އަހަރުގެ އާރިޔާނާ އަށް 1.51 މިލިއަން ޑޮލަރު(23.2 މިލިއަން ރުފިޔާ) އިންސްޓަގްރާމުން ލިބެއެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯގާސްގެ ގޮތުގައި 247 މިލިއަން މީހުން ތިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްމަޑޭ

    ކައިޒީން ވަރަށް ފިތޭނެ މި ކިޔާފަ

  2. އަސްލަމް

    ރާއްޖޭގެ ރައީސް ސޯލިހު އާއި ނަރެންދުރަ މޯދީ އަށް ކިތުނޭ ޕައިސޭ ލިބޭ؟