ރިކޯޑް ފޮތުން ޖާގަ ހޯދުމަށް އެކި މީހުން އެކި ކަންކަން ކުރެއެވެ. މިއިން ކޮންމެ ކަމަކީވެސް އާދައިގެ މީހަކަށް ކުރަން އުނދަގޫ ކަންކަމެވެ. އެމެރިކާ މީހަކު މިވަނީ އެންމެ ދިހަ މިނެޓް ތެރޭގައި 76 ހޮޓް ޑޯގް ކައިގެން ރިކޯޑެއް ހަދައިފައެވެ.

އެމެރިކާގެ މިނިވަން ދުވަހާ ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ބާއްވާ މަޝްހޫރު ހޮޓް ޑޯގް އީޓިން ކޮންޓެސްޓުގައި ބައިވެރިވެ ރިކޯޑެއް ހަދާފައި މިވަނީ ޖޯއި ޗެސްޓްނަޓް ކިޔާ މީހެކެވެ. ފާއިތުވި އަހަރުވެސް އޭނާ ވަނީ މި ރިކޯޑު ހަދައިފައެވެ. އެގޮތުން އެ އަހަރު އޭނާ ވަނީ 10 މިނެޓްތެރޭގައި 75 ހޮޓް ޑޯގް ކައިފައެވެ.

އެތައް ބައެއްގެ ކުރިމަތީ ހުރެ ޗެސްޓްނަޓް 76 ހޮޓް ޑޯގް ކެއި އިރު، އޭނާ އާއި ދެން ވާދަކުރި ޖެފްރީ އެސްޕާ އަށް ދިހަ މިނެޓު ތެރޭގައި ކެވުނީ އެންމެ 50 ހޮޓް ޑޯގްއެވެ.

ހޮޓް ޑޯގް ކެއުމުގެ މުބާރާތުގައި އެންމެ ގިނަ ހޮޓް ޑޯގް ކެއި އަންހެން ބައިވެރިއަކީ މިޝޭލް ލެސްކޯއެވެ. އޭނާ ވަނީ ދިހަ މިނެޓު ތެރޭގައި 30 ހޮޓް ޑޯގް ކައިފައެވެ. މިއީ އޭނާއާ އެންމެ ކައިރިން ވާދަކުރި ބައިވެރިޔާ އަށްވުރެ ހަތް ހޮޓް ޑޯގް ކައިގެން ލިބުނު ކުރިއެރުމެކެވެ.

މި މުބާރާތް މި އަހަރު ބާއްވާފައި ވަނީ ބްރޫކްލީންގައި ހުންނަ ކުޑަކުދިންގެ ބާސްކެޓްބޯލް ސްޓޭޑިއަމްއެއް ކަމަށްވާ މައިމޮނިޑެސް ޕާކްގައެވެ. އަދި ކޮވިޑް އިން ރައްކާތެރިވުމަށް ގައިދުރުކަން އިސްކޮށްފައިވާކަމަށް އިވެންޓް އޮގަނައިޒް ކުރި ފަރާތުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  މިއީ އިންސާނެއްތަ ނޫނީ ކަނޑު ފުރޭތައެއްތަ؟

  7
  2
 2. ސަންތި

  ރިއަލް މާކުންބެ ދޯ..

 3. Anonymous

  މެޓް ސްޓޯނީ ބައިވެރި ނުވޭތާ.