މި ކުޑަ ރާއްޖެ ވަށައިގެން 99 އިންސައްތަ ކަނޑު އޮންނައިރު، ވަރަށް މަދުން ނުފެންނާނެހެން ހީވާ ކަހަލަ އެތައް ރީތި މަންޒަރުތައް ބައެއް ފަރާތްތަކަށް ފެނެއެވެ. މިގޮތަށް ބައެއް ފަރާތްތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ދިރުންތައް ފެނިފައި ވެއެވެ.

އެގޮތުން މިހާރު އާއްމު ވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ އައްޑޫ ކަނޑުގެ ސަރަހައްދުން 'ކިލާ ވޭލްސް' ނުވަތަ 'އޯކަސް' (ބޮޑުމަސް) ދަތުރު ކުރާ މަންޒަރެވެ.

"ބޮންޑް އާތިފް" ގެ ނަމުގައި ހަދާފައިވާ ޓިކްޓޮކް އެކައުންޓެއްގައި ހިއްސާ ކޮށްފައިވާ އެ ވީޑިއޯ މަދު ވަގުތު ކޮޅެއްގައި 23،000 އަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

އަދި ގިނަ ބަޔަކަށް އެ ވީޑިއޯ ފެނި ހައިރާން ކަން ގެނުވެފައިވާއިރު، އޭގެ ތެރެއިން ވެސް އެންމެ މީހުން ހައިރާން ވެފައިވަނީ އެ ބޮޑުމަސްތައް ފެނިފައިވަނީ އެއީ އައްޑޫ އިންނޭ ބުނުމުންނެވެ.

@circuitwasher

Orcas (Killer Whale) spotted in #AdduCity 🐋 #Addu #WhyAddu #Maldives #Fishing #tiktokmaldives #tiktokmv #orcas #killerwhale

♬ Killer Whale 2 - Frémeaux & Associés

ވީޑިއޯ އިން ފެނިގެން އަންނަ މަންޒަރުތަކަށް ބަލާއިރު، 4-5 ވަރަކަށް ބޮޑުމަސް ދަތުރު ކުރާ މަންޒަރު ފެނެއެވެ. ބޮޑުމަސްތައް ދަތުރު ކުރުމުން ދިޔައިރު، ކަންފަތަށް ހިތްހަމަ ޖެހުން ލިބޭ ކަހަލަ އަޑުތަކެއް ވެސް ދިޔައީ ލައްވަމުންނެވެ.

ވީޑިއޯ ބެލި މީހަކު ބުނެފައިވަނީ ބޮޑުމަހަކީ އައްޑޫގެ ކަނޑުގެ ސަރަހައްދުގައި އުޅޭ އެއްޗެއް ކަމަށާއި، ދަތުރު ކުރަނީ އައްޑޫގައި އޮންނަ "ޗެނަލަކުން" ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ޗެނަލެއް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ.

އެއީ އައްޑޫގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ވައްތަރުގެ ބޮޮޑު މަހެއް ނަމަވެސް، އެފަދަ ބޮޑުމަސް ފެނިގެންދާނީ ވަރަށް މަދުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކަނޑު ރަސްގެފާނު

  ތި ވާނީ އިންޑިޔާ ސިފައިން ގެ ޖާސޫސަކަށް

  10
  3
 2. ބެއްޔާ

  މީގެ 10ވަރަކަށް އަހަރު ކުރިންވެސް ހަމްޕްވޭލްސް ކިޔާ ބޮޑުމަހެއް އައްޑުއަތޮޅަށް ވަދެގެން އޭތިބަލަން ގެސްޓުން ގޮސްއުޅެނިކޮށް ނުކުމެގެންދިޔައީ.

 3. މަގޭ މަރު

  ޑިއެގޯ ގާސިއާ އަށް ދަނީ ކަމަށް ވާނީ

 4. ވިލިމާލެ

  އޯރކަސް އަކީ ޑޮލްފިންގެ ވައްތަރެއް. އޯރކަސް އާއްމު ގޮތެއްގައި އިންސާނުންނަށް ހަމަލާ ދިނުމަކީ ވަރަށް ނާދިރު ކަމެއް.

  5
  2
 5. ޖުހާ

  ތިއޮތީ އައްޑުއަށް ޓޫރިޒަމް ލައްވާލާފައި.

  8
  3
 6. މުހައްމަދު

  މީގެ 16 އަހަރު ކުރިން ގދ ރަތަފަންދޫ ކައިރި އެތެރެވަރިން ވެސް އަލުގަނޑު ތީގެ ކިލަ ވޭލެއް ދެކުނިން