ޖަނަވާރުތައް ކާނާ ހޯދުމަށް ކުރާ ދަތުރު ތަކަކީ އާއްމުކޮށް ފެންނަ މަންޒަރެކެވެ. ބޮޑެތި ޖަނަވާރުތައް އެ އެއްޗެހީގެ ދަރިންނަށް ކާންދޭން ވަރަށް ބުރަ މަސައްކަތް ކުރެއެވެ. އެގޮތުން ދޫނިތަކުގެ ތެރެއިން އެންމެ ނުބައި ގޮތަކަށް ބުރަ މަސައްކަތުން ކާނާ ހޯދަމުން އަންނަ އެއް ދޫންޏަކަށް ވެގެން ދާނީ 'ބާޒު' އެވެ.

ބާޒުގެ މިފަދަ މަންޒަރުތަކަކީ އާއްމުން ވަރަށް ބަލާހިތްވާ ޒާތުގެ ވީޑިއޯއެވެ.

އެގޮތުން މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ ބާޒެއް އުދުހިލައިގެން ގޮސް ކަނޑުގެ އަޑިއަށް ދާ މަންޒަރެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ފިޔަގަނޑު ތަޅުވައިގަނެ އުދުއްސައިގަތް އިރު ފައިން 'ބޮޑު' މަހެއް ޖަހައިގަނެގެން އުދުއްސައިގަންނަތަން ފެނެއެވެ.

@tanyu1010

♬ 原聲 - Tan yu

ބާޒުތައް މިފަދަ ގޮތަކަށް ކާއެއްޗެއް ހޯދާއިރު، އާއްމު ގޮތެއްގައި ބާޒުގެ ޝިކާރައަށްވާ ދިރޭ އެއްޗެއްސަށް ސަލާމަތް ނުވެވޭނެއެވެ. އެއީ ބާޒު އެންމެ ފުރަތަމަ ވެސް ގޮސް ހިފައިގަންނަ ގޮތް ބާރު ކަމުން ޝިކާރައަށްވާ އެއްޗަކަށް ފިލަން ނުދުވެވޭނެތީއެވެ.

ބާޒަކީ އިންސާނުންނަށް ވެސް ހަމަލާދޭ ދޫންޏެއް ނަމަވެސް، އެފަދަ ދޫނި ގެންގުޅޭ މީހުން މަދެއް ނޫނެވެ. އަދި އޮޅުކޮށްގެން ގެންގުޅޭ ބާޒުތައް މީހުންނަށް ހަމަލާ ދީ ނޫޅޭއިރު، އެމީހުން ބޭނުން ގޮތަކަށް އެ ބާޒުތައް އުޅެއެވެ