"ފިލްމީ ދާއިރާއިން ފުރުސަތު ލިބިގެންދަނީ ރީތި މީހުންނަށޭ" މިއީ އަބަދުވެސް އަޑު އިވޭ ވާހަކައެކެވެ.

ފިލްމުތަކުން ޖާގަ ދިނުމުގައި މީހާގެ ރީތި ކަމަށާއި، ހަށިގަނޑުގެ ބައްޓަމަށް ބަލާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފިލްމުތަކުގެ ރޯލަށް މީހުން ނެގުމުގައި އެ މީހުންގެ ސިފައަށް ހާއްސަ އިސްކަމެއް ދީގެން ބަލާކަމަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް ގަބޫލުކުރެއެވެ.

އަޒޯނާ ޓޯކްޝޯގައި ބައިވެރިވެ ވާހަކަ ދައްކަމުން ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު ފަންނާނުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އަހްމަދު އަޒްމީލް (އަޒޭ) ބުނީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުރި ވަރުން ސިފައަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަޒޭ ބުނީ ކުރީގައި ހުންނަނީ ވަރަށް ބޮޑަށް ދަތްޕިލަ ބޭރަށް ކަމަށެވެ. އަދި އެކަމާއި ގުޅުވައިގެން ސްކޫލު ދައުރުގައި ބައެއް މީހުން އޭނާއަށް މަލާމަތް ކުރިކަންވެސް އޭނާ ފާހަގަ ކުރިއެވެ.

"ޑައިރެކްޓަރުން އަޒޭ ފެނުނީމަ ފިލާތީ ބަލާލިއިރު އަޒޭގެ ދަތްޕިލަ މި ހުންނަނީ ވަރަށް ބޮޑަށް ބޭރަށް. އަޒޭ ހިތައް އެރި މިހެން ދަތްޕިލަ ބަހައްޓައިގެން ފިލްމީ ދާއިރާއިން ކުރިއަށް ދާކަށް ފުރުސަތެއް ނެތޭ. އެހެންވެ މަންމަ ކައިރި ރޮއެގެން އޮޕަރޭޝަން ކޮށްގެން ދަތްޕިލަ އެތެެރެއަށް ވައްދާފަ މިހުރީ" އަޒޭ ބުންޏެވެ.

އޮޕަރޭޝަން އަވަސް ކޮށްގެން ސިފައަށް ބަދަލު ގެނެސްފައިވަނީ ފިލްމީ ދާއިރާއިން އިތުރަށް އޭނާ ކުރިއަށްދާން ބޭނުންވާތީއެވެ.

އަޒޭ އަކީ ފިލްމީ ދާއިރާއިން ފުރުސަތު ހޯދުމަށް ވެސް ވަރަށް މަސައްކަތް ކޮށްފައިވާ ފަންނާނެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިއުމާ

    ބޮލުގެ އިސްތަށިގަނޑުތަ ނުވަތަ ދައްޕިލަތަ

    11
    1
  2. ޜަނާ

    ދަތްޕިލައިގަ ނަ ރުގަނޑު އަޅުވައިގެން ދަތްޕިލަ އެތެ ރެ އަށް ޖައްސާ ވާހަކަ
    އަޑު އަހަނީ .

    9
    3
    • ☺️

      ނޫނޭ. ބައެއް މީހުންގެ ހު ރޭ ހި ރުގަނޑު ބޭ ރަށް ކަތިވެފަ. އޭ ރުން ޖެހޭނީ ހި ރު ގަނޑު. އޮޕަ ރޭޝަން ކޮށްގެން ރަނގަޅުކު ރަން.

  3. ހުސޭނުބޭ

    މޭކަޕް ނުކުރާތީވެ ކުރިޔަށް ނުދެވުނީ! އަވަހަށް މޭކަޕްކުރަން ފަށައި