ބޮލީވުޑު އިންޑަސްޓްރީގައި 40 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ޖެކީ ޝްރޯފްއަކީ އޭނާގެ އަންހެނުން އައިޝާ ދެކެ ވަރަށް ލޯބިވާ ފަންނާނެކެވެ.

ޖެކީ އޭނާގެ އަންހެނުން ދެކެ ލޯބި ވިޔަސް އަންހެނުން ދެކެ ވަރަށް ބިރުގަންނަ ކަމަށް ވެސް ޖެކީ ވަނީ ބުނެފައެވެ.

ރިއަލިޓީ ޝޯއެއް ކަމުގައިވާ "ޑާންސް ދިވާނޭ 3" ގެ ކުރިއަށް އޮތް އެޕިސޯޑުގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމަށް ހަމަޖެހިފައިވަނީ ސުނިލް ޝެޓީ އާއި ޖެކީ ޝްރޯފެވެ.

މި ޝޯގެ ޕްރޮމޯޝަން ވީޑިއޯގައި ޝޯ ހުށަހަޅައިދޭ ރާގަވް ޖުވަލް ސުނިލް ޝެޓީ އާއި ޖެކީ ޝްރޯފްއަށް އެދެމީހުންގެ އަނބިން ދެކެ ބިރުގަނޭތޯ ސުވާލު ކުރުމުން ދެމީހުން ވެސް އެމީހުންގެ އަނބިން ދެކެ ބިރުގަންނަ ކަމަށް އެެއްބަސްވެފައިވެއެވެ.

ޖެކީ ޝްރޯފް އޭނާގެ އަންހެނުން ދެކެ ބިރުގަންނަ ސަބަބު ވެސް ވަނީ ކިޔައިދީފައެވެ. އެ ހާދިސާ ހިއްސާ ކުރަމުން ޖެކީ ބުނެފައިވަނީ ޖެކީއާއި އޭނާގެ ރަހުމަތްތެރިން ކުރި ކަމަކުން އެމީހުން ގައިގައި ތަޅައިގަތުމަށް ވަރަށް ބޮޑު ގުރޫޕަކުން އައި ކަމަށެވެ.

އެ އައި ގުރޫޕުން ރަހުމަތްރެރިންނާއި ޖެކީ ސަލާމަތް ކޮށްދިނީ އޭނާގެ އަންހެނުން އައިޝާއެވެ. އައިޝާގެ އެ އެންމެންނާ ކުރިމަތިލާ ފައްސާލި ތަން ފެނުމުން، އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަންހެނުން އައިޝާ ދެކެ ބިރުގަންނަ ކަމަށް ޖެކީ ބުނެފައިވެއެވެ.

އައިޝާ އާއި ޖެކީ ކައިވެނި ކޮށްފައިވަނީ 1987 ވަނަ އަހަރުއެވެ. މި އަހަރުގެ ޖޫން މަހު އެދެމަފިރިން ވަނީ އެމީހުން ވަނީ ކައިވެންޏަށް 34 އަހަރު ފުރުން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު