ކޮންމެ މީހަކު ވެސް ކައިވެނި ކުރަނީ ހަޔާތުގެ ބައިވެރިޔާ އާއިއެކު އުމުރުގެ ބާކީ އޮތް ހުރިހާ ދުވަހެއް ވަރަށް އުފަލުގައި ދިރިއުޅޭށެވެ. ނަމަވެސް ގުރުދަތުގެ ގާނޫނަކީ ތިމާ އަމިއްލައަށް ކުރާ އެއްޗެއް ނޫނެވެ. ހަޔާތް އުފާވެރި ކުރަން ކިތައްމެ މަސައްކަތެއް ކުރިޔަސް ހަޔާތުގައި ނައު "ގިރިތަކާއި ތޮށިތަކަށް އުރެނީ" މަދެއް ކޮށެއް ނޫނެވެ. ހަޔާތުގެ އޮޑީގެ މިސްރާބު ގެއްލި ދެވޭނުދެވޭ ދިމާލެއް ނޭނގި އުޅެން ޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިހުރިހާ ކަމެއް ދިމާވާއިރު ވެސް ހަޔާތުގެ އޮޑި ދޫކޮށްލާފައި އެހެން ހަޔާތެއް ފަށަން ބައެއް މީހުން ބޭނުމެއް ނުވެއެވެ. އުފަލެއް ނެތް ނަމަވެސް ކައިވެނީގައި ދެމިތިބެން ބައެއް މީހުން ބޭނުން ވެއެވެ. އެއީ ކީއްވެ ހެއްޔެވެ؟

އެކަނި ދިރިއުޅުމެއް ފަށަން ބިރުގަތުން

ހަޔާތުގެ ދަތުރު ވަކިހިސާބަކުން ނިންމާލާ ކައިވެނި ރޫޅާލުމަށްފަހު އަލުން އާހަޔާތެއް ފަށަން ބައެއް މީހުން ބިރުގަންނަ އެއް ސަބަބަކީ ހަޔާތުގައި ދެން ކުރިމަތިލާން ޖެހޭ ކަންކަމުގައި އެކަނި ކުރިމަތިލެވޭނެ ފަދަ ހިތްވަރެއް ނެތްކަމަށް އަމިއްލަ އަށް ހީވުމެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމެވެ. އަދި އެންމެ ބޮޑު ބިރަކީ ހަޔާތުގެ ބައިވެރިއަކަށް ހަދާނެ ރަނގަޅު މީހަކު ދެން ނުލިބިދާނެ ކަމުގެ ބިރާއި ކަންބޮޑުވުމެވެ.

އާއިލާ އާއި މުޖުތަމައު ދެކޭނެ ގޮތް

ކައިވެނި ރޫޅާލުމަށް ނިންމާއިރު އެންމެ ކައިރީގައި ތިބޭ މީހުންނަށް ވެސް ތިމާގެ އިހްސާސްތަކެއް ނޭނގެއެވެ. އެހެންކަމުން ތިމާ ނިންމާ ނިންމުމަށް ގާތް މީހުންގެ ތާއިދު ވެސް ގިނަ ފަހަރު ނުލިބެއެވެ. ކައިވެނި ރޫޅާލަން ގިނަ ފަހަރަށް އާއިލާ އިން ދެކޮޅު ހަދައެވެ. އަދި ކައިވެނި ރޫޅާލައިފިނަމަ އެކަމުގެ ހިތްހަމަނުޖެހުމާއި ފާޑުކިޔުން ވެސް އާއިލާ އާއި މުޖުތަމައުގެ ތެރެއިން ކުރިމަތިވެއެވެ. މިހެންވެ ގިނަ މީހުން އުފަލެއް ނެތް ކައިވެނީގައި ދެމިހުންނަން ނިންމައެވެ.

އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ

ހަޔާތުގައި ހޭދަކުރި އުފަލެއް ނެތް ދުވަސްތަކުގެ ސަބަބުން ބައެއް މީހުން ތިބެނީ އެއްގޯސް ވެފައެވެ. އެހެންވެ އެމީހުންނަށް ގަބޫލު ކުރެވެނީ އާހަޔާތެއް ފެށި ނަމަވެސް އެމީހުންނަށް ވަކި އިތުރު ހެވެއް ނުލިބޭނެ ކަމަށެވެ. މިހާރު އޮތް ހާލަތަކީ އޭނާގެ އަބަދުގެ ވެސް ހާލަތު ކަމަށެވެ. އެހެންވެ ލިބުނު މިންވަރަކަށް ޝުކުރު ކޮށްލައިގެން ހުންނަން ނިންމައެވެ.

އުފާވެރި ހަޔާތަކީ ވެސް ބުރަ މަސައްކަތް ކޮށްގެން ނޫނީ ލިބޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އުފާވެރި ހަޔާތެއް ހޯދަން ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެއެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އުފާވެރި ހަޔާތެއް ހޯދަން ކުރަން އޮތް މަސައްކަތް ނިމުމަކަށް އައިސްގެން ނުވާނެއެވެ. ވަގުތު ފާއިތެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖީ

    އުފަލެއްނެއްކާއިވެންޏެއްގައި ދެމިތިބެނީ ބައެއްފަހަރު ދަރިފުޅަށްޓަކާ، އަނެއްބައި ފަހަރު މައިންބަފައިންގެ އަބުރާ ޢިއްޒަތް ހިފަހައްޓަން، އަނެއް ބަިފަހަރު ތިމާގެ މީހުންގެ ސަބަބުން، ނޫނީ ދުނިޔެ ދެކެ ފޫހިވެފަ ތިބޭމީހުން.

    22
    3
  2. އަނިޔާ

    ދަރިން ތިބީމަ...

    18
    3
  3. ކޮޔާ

    އެކަނިވެދާނެތީ ބިރެއް ނުގަނޭ. ޢެގޮތް މާ ރަނގަޅު ކައިވެންޏެއް ކޮށްގެން "އެކަނި" އުޅުމަށްވުރެ. ަވރި ނުކޮށްގެން ކައިވެނީގަ ތިބެންމިޖެހެނީ. ކޯޓުންވެސް ވަރި ނުކޮށްދިން. ފިރިހެނުން ބޭނުން ގޮތެއް ކޯޓުތަކުގަ ހިނގަނީ.

    8
    1
  4. އައިޝާ

    ގިނަފަހަރަށް ދަރިންނަށްޓަކައި ތިބެނީ

  5. އަހުމަދު ހކމ

    އުފަލުން ކުރާ ކައިވެނި ނުވަނީސްމެ ދޮޅުއަހަރު
    ދެފަރާތުގެ ގުޅުމާއި މިންނަތް ނުކުރެވި ކަފުނޭ ކުރަންޖެހެނީ.

    ދިިރި އުޅުން އުފާވެރި ކުރެވޭނީ ދެފަރާތުގެ ވެސް ހަމަހަމަ އެބާރުލުން ދެވިގެން އަދި އެކަނު އަނެކަކަށް އިހުތިރާމާ ގަދަރު ކުރެވިގެން، ކަންކަމުގާ މަޝްވަރާކޮށް ރަނގަޅު ގޮތުގަ ކަންކަން ނިންމާ ދެފަރާތުންވެސް އަމަލު ކުރެވިގެން.

    ވަރަށް ލޯބިން ކުރާކައިވެނި އަގުބޮޑު ޕާޓީއަކުން
    ވަރެއްނެއް ހެދިނުލާ ޒީނަތްވެ ތުރުކުރި ބޮޑުއަގު ހެދުމަކުން.