އޮސްޓްރޭލިއާ ނިސްބަތްވާ މީހުންނަށް މި ވަނީ މީދަލުގެ އުނދަގޫ ވަރަށް ބޮޑަށް ޖެހިފައެވެ. އެތައް ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މީދަލުގެ ސަބަބުން އެތައް ބަޔަކަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާންވެސް ޖެހިފައިވެއެވެ.

އެގޮތުން އެ ގައުމަށް ނިސްްބަތްވާ މީހަކަށް ދިމާވި ކަމަކީ ނިދާ ހޭލިއިރު، އޭނާގެ ލޮލުގެ ކަޅި ކާލަން މީދަލެއް އޮތީއެވެ. މިއީ ޔަގީނުންވެސް އެތައް ބަޔަކަށް ބިރުވެރި ކަމަކަށް ވެގެން ދާނެއެވެ.

ނިއުޔޯކް ޕޯސްޓުން ބުނެފައިވާގޮތުގައި، އެކަން ހިނގުމާއެކު ވަގުތުން އޭނާ ހޮސްޕިޓަލަކަށް ގެންދިޔައެވެ.

އޮސްޓްރޭލިއާގައި މީދަލުގެ އުނދަގޫ ވަރަށް ބޮޑު ކަމަށް ވެއެވެ.

ނިއު ސައުތް ވޭލްސްގައި މިދިޔަ މަހު މި ހާދިސާ ހިނގިއިރު، ފާއިތުވެދިޔަ ނުވަ މަސް ތެރޭގައި މީދަލުގެ އުނދަގޫ އެތައް ބަޔަކަށް ޖެހިފައި ވެއެވެ. އެގޮތުން ސްކޫލްތަކުގައި އާއި ބައެއް ގެތަކާއި، ހޮސްޕިޓަލްތަކާއި، ދަނޑުބިންތަކަށްވެސް މީދަލުގެ އުނދަގޫ ޖެހުނެވެ.

ހާއްސަކޮށް މިިކަން ކުރިމަތިލާން ޖެހުނީ ދަނޑުވެރިންނަށެވެ. އެ މީހުން ހައްދާ ތަކެތި ކަނީ މީދަލެވެ. މިއާއެކު އެ މީހުންނަށް ލިބެން ފެށި އާއްމުދަނީވެސް ދަށްވިއެވެ.

އޭގެ އިތުރުން، ނިދާފައި އޮތް މީހެއްގެ މޫނު މައްޗަށް މީދާ އެރިފަހުން އޭނާގެ މޫނުގެ ހަންގަނޑަށް ގެއްލުންތަކެއް ވަމުންދާކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.