އިންޑިއާގެ ގުޖުރާތުގެ ފިރިހަނަކު އެމީހުން އަޅުކަން ކުރަމުން އަންނަ ބުދުކަލާންގެ ކަމަށް ދައުވާ ކޮށްފިއެވެ.

ގުޖުރާތުގެ ކުރީ ސަރުކާރުގެ މުވައްޒަފެއް ކަމަށްވާ ރަމެޝްޗަންދްރާ ފެފަރ ކަލާންގެ ކަމަށް ދައުވާކޮށް، އޭނާ ވަނީ އެގައުމުގެ އޮފީސްތަކުގެ ބައެއް ފަރާތްތަކަށް ދިގު މުއްދަތަކަށް ޗުއްޓީ ދިނުމަށް ނިންމާފައެވެ.

އެގޮތަށް ޗުއްޓީ ނުދީފިނަމަ، އޭނަގެ ބާރު ނަހަމަ ގޮތުގައި މިއަހަރު ބޭނުން ކުރުމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައެވެ.

ރަމެޝްޗަންދްރާ ބުނެފައިވަނީ އޭނާ އަކީ އެގައުމުގެ ސަރުކާރު ދެކެ އެހާ ހިތްހަމަ ޖެހޭ މީހެއް ނޫން ކަމަށާއި އޮފީސްތަކުގެ އިސްވެރި ކަންކަން ކުރާ ގޮތް ވެސް އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އެހެން ކަމުން އޭނާ ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައިވާ ސިޓީގައި ސަރުކާރުގައި ތިބެނީ "ޝައިތާނުން" ކަމަށާއި އެތަނުން ފުރައްސާރައާއި ދިމާވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ވަޒީފާގެ މާހައުލުގައި ފުރައްސާރައާއި ދިމާވެފައިވާތީ ކުރިއަށް އޮތްތަނުގައި (އޭނާ ކަލާންގެ) އަށް ވެގެން އެކަން ކޮށްފައިވާ ފަރާތްތަކާއި ކުރަމުން އަންނަ ފަރާތްތަކަށް އަދަބު ދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ އެއަމަލާއި ގުޅިގެން އޭނާ މަސައްކަތް ކޮށްފައިވާ އޮފީހުގެ މީހުންނާއި ހަވާލާދީ މީޑިއާތަކުން ބުނީ، އޭނާ މުސާރަ ހޯދުމަށް އަޑު އުފުލަމުން އަންނަނީ ގިނަ ދުވަހު ވަޒީފާއަށް ނުގޮސް ކަމަށެވެ. އަދި އޭނާ އަކީ ބޯހަމަ ނުޖެހޭ މީހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރެޓޭ

  ހަލާކު ހުރި.

  18
  1
 2. Anonymous

  ވަޓް ނޮންސެންސް

  5
  1
 3. ގަނޑިޔާ!!!

  ތިޔަ ކަލާނގެއަށް އަމިއްލަ ބޯ ތަލަވިއިރުވެސް ކަމެއް ނުކުރެވުނު... ހަހަހަހަހާ

  12
  1