އަވައްޓެރި އިންޑިޔާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ ކޭ ޕްރަވީން އަކީ ދުނިޔޭގައި ހުރި އެންމެ ދޫ ދިގު މީހާއެވެ. އެންމެ ދޫ ދިގުވުމުގެ ސަބަބުން ގިނެސް ވޮލްޑް ރިކޯޑު ފޮތުންވެސް ޕްރަވީން ޖާގަހޯދާފައިވާއިރު އޭނާގެ ދުލުން ތަފާތު ކަންކަން ކުރުމުގެ ކުޅަދާނަކަންވެސް އޭނާއަށް ލިބިފައި ވެއެވެ.

ޕްރަވީންގެ ދޫ
ފޮޓޯ: ގޫގުލް

އިންޖިނިއަރިން ކިޔަވަމުން ގެންދާ ޕްރަވީން އޭނާގެ ދުލުން ލިޔެ ކުރަހާވެސް ހަދައެވެ. ޕްރަވީންގެ ދުލުގައި 10.8 ސެންޓިމީޓަރު ހުންނައިރު އޭނާ ވަނީ އިންޑިޔާގެ ރިކޯޑު ފޮތުންވެސް ޖާގަހޯދާފައެވެ.

ޕްރަވީންގެ ދުލުގެ އެހީގައި ކުރަހާފައިވާ ކުރެހުންތަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އޭނާގެ ދުލުގެ އެއްފަޅިއަށް ފެބްރިކް އަންގިއެއް ލައްވައިގެން ޓެމިލްގެ ބަހުގެ އަކުރުތައްވެސް ލިޔެއެވެ.

ޕްރަވީންގެ ދޫ
ފޮޓޯ: ގޫގުލް

20 އަހަރުގެ ޕްރަވީން ދުލުން އާންމުކޮށް ކުރަހަނީ އިންޑިޔާގެ މަޝްހޫރު ޝަހުސިޔަތުންނެވެ. އޭނާ ވަނީ އިންޑިޔާގެ ކުރީގެ ރައީސް ޑރ.އޭޕީޖޭ އަބަދުލް ކަލާމްގެ ތަސްވީރެއްވެސް ދުލުން ކުރަހާފައި އެވެ.

ޕްރަވީން އަށް އޭނާގެ ދޫ އޭނާގެ ނޭފަތުގައި ވެސް ޖެއްސެއެވެ. އަދި އޭނާގެ އުޅަބޮށީގައިވެސް ފަސޭހައިން ދޫ ޖައްސައިލެވެއެވެ. އޭނާ ވަނީ އެއް މިނެޓް ތެރޭގައި 100 ފަހަރު ދޫ ނޭފަތުގައި ޖައްސާފަ އެވެ. އަދި އެއްމިނެޓް ތެރޭގައި 142 ފަހަރު ދޫ އުޅަބޮށީގައި ޖައްސާފައި އެވެ.

އެއް ގަޑިއިރާއި 22 މިނެޓް ތެރޭގައި ޕްރަވީން ވަނީ އޭނާގެ ދުލުގެ އެހީގައި 246 ޓެމިން އަކުރު ލިވެފަ އެވެ. މިއީ އާދައިގެ އިންސާނަކަށް ފަސޭހައި ކުރެވޭނެ ކަމެއް ނޫނެވެ.

އާދައިގެން ފިރިހެނެއްގެ ދުލުގެ ދިގުމިން 8.5 ސެންޓިމީޓަރު ނުވަތަ 3.3 އިންޗި ހުންނައިރު އަންހެނެއްގެ ދުލުގެ ދިގުމިން ހުންނަނީ 7.9 ސެންޓިމީޓަރު ނުވަތަ 3.1 އިންޗިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޮކ

    އޭނަ އަނބި މީހާ ވ ލަކީ ވާނެ ޔޯ ބުނީ

    13
    1
  2. ހުސޭނުބޭ

    މީނަ ވާހަކަދައްކަނީ ކޮން އެއްޗަކުންބާ