ބެލްޖިއަމްގެ އުމުރުން 11 އަހަރުގެ ލައުރެން ސިމޮންސް ބެޗެލާސް ޑިގްރީ އިން ފިސިކްސް ހާސިލްކޮށް، މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ.

މިއާއި އެކީ އޭނާ ވެގެން ގޮސްފައިވަނީ އެފަދަ ޑިގްރީއެއް މުޅި ދުނިޔެއިން ހާސިލް ކޮށްފައިވާ ދެވަނަ ކުއްޖާއަށެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހަމަ އެކަނި އެ ލަގަބު ހޯދީއެއް ނޫނެވެ. އޭނާގެ ކިޔެވުމުގެ ހަޔާތުގައި ލިބުނު ނަތީޖާތަކަށް ބަލާއިރު، އޭނާ އެލަގަބު ހޯދާފައިވަނީ 'ޑިސްޓިންކްޝަން' އާއި އެކީގައި އެންމެ އަހަރެއް ތެރޭގައެވެ. އާއްމުކޮށް އެފަދަ ލަގަބެއް ހާސިލު ކުރުމަށް ތިން އަހަރު ހޭދަވެއެވެ.

"ދި ޓެލެގްރާފް" ނޫހަށް މައުލޫމާތު ދެމުން ސިމޮންންސް ބުނެފައިވަނީ ދުނިޔޭއިން އެންމެ އަގު އުމުރުގައި އެފަދަ ލަގަބެއް ހޯދި މީހެއް ކަމުގައި މީހުން ބުންޏަށް އެކަމަށް އޭނާ އެއާ ފަހުރުވެރި ނުވާ ކަމަށާއި އޭނާ ބަލަނީ ލިބުނު ތައުލީމަށް ކަމަށެވެ.

އޭނާ ހައި ސްކޫލް ނިންމާފައިވަނީ އެއް އަހަރާއި ހަ ވަރަކަށް މަސްތެރޭގައެވެ. އަދި އުމުރުން އެންމެ އަށް އަހަރުގައި އޭނާ ވަނީ ހައިސްކޫލް ޑިޕްލޮމާ ހާސިްލް ކޮށްފައެވެ.

ފިޒިކްސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލް ކުރިއިރު، އޭނާ ބުނީ، ފިޒިކްސް އާއި ގުޅުން ހުރި ހުރިހާ އެއްޗަކީ އޭނާ ވަރަށް ކިޔަވާ ހިތްވާ އެއްޗެއް ކަމުން އެކަމަށް ގަދައަޅައި މަސައްކަތް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާލު

    މި ކުއްޖާ ކިޔެވީ ކިހިނެއް؟ ކޮން ސުކޫލަކުން ބާ؟ ހޯމް ސުކޫލިން ބާ؟؟؟